ބާލާކޯޓުގެ ރައްދު ހަމަލާއަކީ ޑިޕްލޮމަސީއަށް ދިން ފުރުސަތެއް!

އިންޑިއާގެ ދިދަތަކަށް --
އިންޑިއަން ސަބްކޮންޓިނެންޓާއި މެދުއިރުމަތީގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ސަރަހައްދު ހުރަސްކޮށް އެއްގައުމުން އަނެއް ގައުމަށްދޭ އަސްކަރީ ހަމަލާއަށްފަހު ހާލަތު މައިތިރިކުރުމެވެ. ބާލާކޯޓްގެ ހަމަލާއަށް އަހަރެއް ވެގެންދާއިރު މިކަމަކީ ހަނދާނަށް ގެންނަން ޖެހޭފަދަ ކަމެކެވެ. މިފަދަ ހަމަލާއަކަށްފަހު ފުރިހަމަ އަސްކަރީ ކުރިމަތި ލުމަކަށް އަޔަ ނުދީވޭތޯ މަސައްކަތް ކުރަން ޖެހެއެވެ. އެއީ ހަމަލާއެއް ދިނުމަށް އިސްނެގުމެއްކަމުގައި ވިއަސް އަދި ހަމަލާއަކަށްފަހު ދެވޭ ރައްދެއްކަމުގައިވިއަސް އެފަދަ ކަމަކަށްފަހު އިތުރަށް މަސްރަހު ހޫނުވިޔަ ނުދީވޭތޯ ބަލަން ޖެހެއެވެ. އިންޑިއާއިން ޕާކިސްތާނަށް ދިން ރައްދު ހަމަލާއާއި އީރާނާ ދެކޮޅަށް އެމެރިކާއިން އިރާގްގައި ދީފައިވާ ހަމަލާއާއި އޭގެ ފަހުން ފެނިގެންދިޔަ ކަންތައްތަކުން އެނގެނީ ފުރިހަމަ އަސްކަރީ ކުރިމަތިލުމަކަށް އެއްވެސް ފަރާތަކުން ބޭނުން ނުވާކަމުގައެވެ. ކޮންމެ ހަމަލައެއް އަންނަ ފަހަރަކުވެސް މަސައްކަތަކަށްވެފައިވަނީ އޭގެ ނަތީޖާއެއްގެ ގޮތުން އެހަމަލާގެ ފަހުން ދިމާވާކަންތައްތައް ފުޅާވެގެން ނުދިއުމެވެ. އޫރީއާއި ދޯކްލަމްއާއި ބާލާކޯޓުގެ ހަމަލާތަކާއި އީރާނުގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަކޮށްލުމަށް އިރާގްގައި އެމެރިކާއިން ދިން ހަމަލާއިން މިކަން ސާފެވެ. 1965ގެ އިންޑިއާ ޕާކިސްތާންގެ ހަނގުރާމައިގައިވެސް ފެނިގެން ގޮސްފައިވަނީ އިތުރަށް ފުޅާވެ ނުދިނުމަށް ދެފަރާތުން މަސައްކަތް ކޮށްފައިވާ ތަނެވެ.
ޕާކިސްތާނުން އޮޕަރޭޝަން ޖަބަލް ތާރިގްގައި ޖައްމޫ ކަޝްމީރަށް ވަދެގެން ހަމަލަތައް ދިން އިރު އިންޑިއާއިން ރައްދު ދީފައިވަނީ ޕާކިސްތާންގެ ދަށުގައި އޮންނަ ހާޖީޕީރްއާއި ކިޝާންގަންގާ ސަރަހައްދުތަކަށެވެ. އެއަށްފަހު ޕާކިސްތާނުން ދިން ރައްދުތަކަށްފަހު އިންޑިއާއިން ސިއާލަކޯޓާއި ލާހޯރް އޭރިއާއަށް ހަމަލަތައް އަމާޒު ކުރީއެވެ. އަދި އެއަށްފަހު ޕަންޖާބަށްވެސް ހަމަލަ ދިނީއެވެ. އެ ހަނގުރާމަ އެހިސާބަށް ދާނެކަމަކަށް ޕާކިސްތާނުން ލަފައެއް ނުކުރެއެވެ. ޕާކިސްތާނުން ހީކުރީ ކަޝްމީރުގައި ހަމަލާތައް ބަދަލުކޮށްކޮށް ތިބޭނީ ކަމުގައެވެ.
މިއަސްކަރީ ހަމަލާތަކުގެ އަލީގައި ދިރާސާކޮށްލަންވީ، އޫރީއާއި ބާލާކޮޓްގެ ރައްދު ހަމަލާތަކެވެ. އަދި ސުލައިމާނީއާ ދެކޮޅަށް އެމެރިކާއިން ދިން ޑްރޯން ހަމަލާއެވެ. މި ހަމަލާތައް ދިން ފަރާތާއި ހަމަލާގެ ރައްދު ދިންފަރާތުން ބޭނުންކޮށްފައިވާ މަސްމަގަށް ބަލާއިރު ފެންނަނީ ދެފަރާތުންވެސް އިތުރަށް ހަނގުރާމަ ފުޅާކުރަން ބޭނުން ނުވާކަމުގައެވެ.
އެމެރިކާއިންވެސް އަދި އިންޑިއާއިންވެސް ބޭނުންވީ އީރާނާއި ޕާކިސްތާނުގެ ސުލޫކަށް ބަދަލެއް ގެންނާށެވެ. ދެ ގައުމުންވެސް ދައުލަތުގެ ސިޔާސަތެއްގެ ގޮތުގައި ޓެރަރިޒަމް ބޭނުންކުރުން ހުއްޓުވާށެވެ. އިންޑިއާއިން ޕާކިސްތާންގެ ބާލާކޯޓަށް ދިން ހަމަލާއަކީ ޕުލްވާމާގެ ހަމަލާއަށް ދިން ރައްދު ހަމަލާއެކެވެ. އަދި އަންނާން ހުރި ޓެރަރިސްޓް ހަމަލާތަކަކުން މިންޖުވާން ދިން ރައްދެކެވެ. އެމެރިކާއިން ސުލައިމާނީއާ ދެކޮޅަށް ދިން ހަމަލާއަކީ ގަލްފް ސަރަހައްދާއި އެހިސާބު ކައިރީގައި އެމެރިކާގެ މަސްލަހަތާ ދެކޮޅަށް އީރާނުން ދީފައިވާ ހަމަލާތަކަށް ބަދަލު ހިފުމަށް ދީފައިވާ ހަމަލާއެކެވެ. އަދި އެވެސް ކުރިއަށް އަންނާން ހުރި ހަމަލާތަކުން ސަލާމަތް ވުމަށްޓަކައި އަޅާފައިވާ ފިޔަވަޅެކެވެ.
އިންޑިއާއިންވެސް އިތުރު ހަމަލާތަކެއް ދޭކަށް ނުވިސްނިއެވެ. އަދި ނުވެސް ރާވާމެއެވެ. އިންޑިއާއިން ބާލާކޯޓު ހަމަލަދިން އިރު ބުނެފައިވަނީ މިއީ ޓެރަރިސްޓުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށްދޭ ހަމަލާއެއްކަމުގައެވެ. އަދި ޕާކިސްތާނުން އަމިއްލަ ސަލާމަތަށް ދީފައިވަނީ، އޫރީ ހަމަލައަށްފަހު 2016ގައި ދިން ބަޔާނާއެއްފަދަ ބަޔާނެކެވެ. 1971ގެ ހަނގުރާމައަށްފަހު އިންޑިއާއިން ޕާކިސްތާންގެ އެތެރެއަށް ފުރަތަމަ ފަހަރަށް ހަމަލާ ދިނީ ބާލާކޯޓަށެވެ. ޕާކިސްތާނުންވެސް ރައްދެއް ދޭނެކަމަށް އުންމީދުކުރެވުނެވެ. އެކަން އައީ ޖެހިގެން އައި ދުވަހުއެވެ. ޕާކިސްތާންގެ އެފް 16ގެ ބޯޓުން ހަމަލަ ދިނީ ސިފައިން ނެތް ނޯޝޭޜާގެ ހުސް ބިމަކަށެވެ. ދެގައުމުން ވައިގެ ސިފައިން މަތިންދާބޯޓުތަކުގައި އެއްބަޔަކު އަނެއްބަޔަކު ފަހައި ދުވިއެވެ. އިންޑިއާއިން ޕާކިސްތާނުގެ ބޯޓެއް ވައްޓާލިއެވެ.
ޕާކިސްތާނުންވެސް އިންޑިއާގެ ބޯޓެއް ވައްޓާލިއެވެ. އަދި ޕައިލެޓްވެސް އަސީރު ކުރިއެވެ. ފަހުން އެމެރިކާގެ ފިއްތުމާހެދި ޕާކިސްތާނުން ޕައިލެޓް މިނިވަންކުރިއެވެ. ސުލައިމާނީގެ ހަމަލާއަށް އީރާނުންވެސް ރައްދު ހަމަލާތަކެއް ދިނެވެ. އަދި އީރާންގެ ރޫހާނީ ލީޑަރާއި އީރާންގެ ފޮރިން މިނިސްޓަރުވެސް ގަދަ ފަދަ ބަޔާންތަކެއް ނެރެހެއްޖެވެ. އީރާނުން އިރާގްގައި އެމެރިކާގެ 12 ތަނަކަށް އަމާޒުކޮށް ހަމަލާތައް ދިނެވެ. އީރާނުގެ ހަމަލާތައްވެސް އަމާޒުކޮށްފައިހުރީ ގެއްލުމެއް ލިބިގެންނުދާފަދަ ގޮތަކަށެވެ. ޕާކިސްތާނުން ނޯޝޭރާއަށްވެސް ހަމަލަ ދިނީ މިފަދައިންނެވެ.

އީރާނުން ފަހުން ރައްޔިތުންނަށް އިއްވައިދިނީ އެމެރިކާގެ 80 "ޓްރަރިސްޓުން" އީރާނުން ނެތިކޮށްލި ކަމުގައެވެ. އަދި އީރާނުން ބޭނުން ކުރި މިސައިލްތަކަކީ ފުރަތަމަ ފަހަރަށް ގައުމުން ބޭރަށް ހަމަލަ ދިނުމަށް އީރާނުން ބޭނުންކުރި މިސައިލްތަކެވެ. މި ހަމަލާތަކުގައި އީރާންވެސް އަދި އެމެރިކާވެސް އެއްގައުމުން އަނެއްގައުމަށް ހަމަލައެއް އަމާޒެއް ނުކުރެއެވެ. އިންޑިއާ ޕާކިސްތާންގެ ހާލަތުގައި އަބަދުވެސް އެއްބާރުން އަނެއް ބާރަށް ހުރަސްއަޅަނީ ނިއުކްލިއަރ ބޮމުގެ ބިރެވެ. އިންތިޚާބުގެ ކެމްޕޭންގައި ނަރެންދްރަ މޮދީ ވިދާޅުވެފައިވަނީ ޕާކިސްތާނުން އިންޑިއާގެ ޕައިލެޓް މިނިވަން ނުކޮށްފިނަމަ، އިންޑިއާ އަތު ޕާކިސްތާނާ ދެކޮޅަށް ބޭނުންކޮށްލާނެ ދެތިން މިސައިލެއް އެބަ އޮތް ކަމުގައެވެ.
ސުލައިމާނީގެ ހަމަލާއަށްފަހު އީރާނުން ބޭނުންކުރީ އދގެ މާއްދާ 51އެވެ. އެއީ ހަމަލަ ދެނީ އަމިއްލަ ނަފްގެ ދިފާއުގައި ކަމަށް ބުނެ ރައްދުހަމަލާގައި ބޭނުންކުރާ މާއްދާއެވެ. ނަމަވެސް އިންޑިއާއާއި ޕާކިސްތާނުން މި މާއްދާ ބޭނުންކޮށްފައެއް ނުވެއެވެ. އިންޑިއާއިން ބުނެފައިވަނީ އިންޑިއާއިން ހަމަލަ ދެނީ އަންނާން އޮތް ނުރައްކަލަކުން ސަމާލަތްވުމަށް ކަމުގައެވެ. މާއްދާ 51 ބޭނުންކުރަނީ ދައުލަތަކުން ދައުލަތަކާ ދެކޮޅަށް އަޅާފިޔަވަޅެއްގައެވެ. އިންޑިއާއިން ޕާކިސްތާގައި ދިން ރައްދު ހަމަލާއަކީ ޓެރަރިސްޓް ޖަމާއަތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅެކެވެ. ޓެރަރިސްޓް ޖަމާއަތެއްގެ މަރުކަޒެއް ރޫޅާލުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.