އުމްރާއިން އަންނަ މީހުން ގޭގައި މަޑުކުރުމަށް އިލްތިމާސްކޮށްފި

ދިވެހި ހައްޖުވެރިންތަކެއް: ފޮޓޯ / އަވަސް

ކޮވިޑް19 އާއި ގުޅިގެން އުމްރާއިން އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ދެ ހަފްތާވަންދެން ގޭގައި އެކަހެރިވުމަށް އިލްތިމާސްކޮށްފިއެވެ.

ކޮވިޑް-19އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ފަރާތުން ކޮރޯނާ ވައިރަހުގެ މައުލޫމަތު ފޯރުކޮށްދިނުމަށް ހަމަޖައްސަވާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދު 50 އުމްރާވެރިން ދަތުރުކުރި ފްލައިޓެއް ދިވެހިރާއްޖެއަށް އައިސްފައިވާ ކަމަށެވެ.

އަދި އެ އުމްރާވެރިން ރާއްޖެއަށް އައުމުގެ ކުރިން އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އެ ގްރޫޕްގެ ޑޮކްޓަރަށް ގުޅައި، ހުރިހާ އުމްރާވެރިންގެ ޗެކަޕެއް ހެދިފައިވާނެކަމަށެވެ. އަދި ރާއްޖެ އައުމުންވެސް އެއާޕޯޓުން ކޮރޯނާ ވައިރަސްގެ އަލާމާތްތައް އެ ފަރާތްތަކުގެ ކިބައިން ފެންނަތޯ ބަލައި، އެމައުލޫމާތު ޓްރެވަލް ކްލިނިކާއި ހިއްސާ ކުރެވިފައިވާނެ ކަމަށެވެ.

އަދި ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، އެފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާ މެންބަރުންނާއި ޓްރެވެލް ކްލިނިކަށް ދެއްކެވުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހުވެސް އުމްރާވެރިންނާއެކު ރާއްޖެއަށް ފްލައިޓެއް ދަތުރުކުރާނެ ކަމަށާއި، އަދި މިފަހަރުވެސް އަމަލު ކުރެވުނު އުސޫލުގެ މަތިން އަމަލު ކުރެވިގެންދާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.