ކުރެއްދޫގެ ބައެއް ބަންދުކޮށް, ރިސޯޓު ހުޅުވަން މަސައްކަތް ކުރަނީ

ރާއްޖޭގެ ރިސޯޓެއް --

ކުރެއްދޫ ރިސޯޓްގައި އެކަހެރިކޮށްފައިވާ މީހުން ވަކި ސަރަހައްދަކަށް ގެންގޮސް އެ ސަރަހައްދު ބަންދު ކުރުމަށްފަހު، ރިސޯޓް ހުޅުވާލުމުގެ މަސައްކަތް ފަށައިފި އެވެ.

ރާއްޖެގައި އެންމެ ފުރަތަމަ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ ރިސޯޓުންނެވެ. އެގޮތުން ހަމައެކަނި އެ ރިސޯޓުންވެސް ހަތަރު  ބިދޭސީއަކުވަނީ އެވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއީ އެ ރިސޯޓްގައި މަސައްކަތްކުރަމުންދާ ދެބިދޭސީ އަކާއި އިޓަލީއަށް ނިސްބަތްވާ ދެ ފަތުރުވެރިންނެވެ.

ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ، ކުރެއްދޫގައި ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށާއި، އެ ރިސޯޓުގައި މިވަގުތު ކޮޓަރިތަކުގައި ބަޔަކު އެކަހެރިކޮށްފައި ތިބި ކަމަށެވެ. އަދި އެމީހުންގެ ކަންކަން ޑޮކްޓަރުން މޮނީޓާ ކުރަމުންދާ ކަމަށެވެ.

އަދި އެކަހެރިކޮށްފައި ތިބި މީހުން ވަކި ސަރަހައްދަކަށް ގެންގޮސް އެ ސަރަހައްދު ބަންދުކޮށް، ރިސޯޓް އާންމުކޮށް ހުޅުވާލެވޭތޯ ވެސް ބަލަމުންދާ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

ކުރެއްދޫ ރިސޯޓުން ފުރަތަމަ ފަހަރަށް ކޮރޯނާއަށް ޕޮޒިޓިވް ވެފައިވަނީ އިޓަލީއަށް ނިސްބަތްވާ ފަތުރުވެރިއެކެވެ. އެ ފަތުރުވެރިޔާގެ ގައިން ކޮރޯނާއަށް ޝައްކު ކުރެވޭ އަލަމާތްތައް ހުއްޓައި އޭނާއަށް ރާއްޖެ އެތެރެވެވި އަދި އޭނާ ރާއްޖެއިން ފުރުނު މައްސަލާގެ ޖިނާއީ ތަހުގީގެއް މިހާރު ވަނީ ފަށާފަ އެވެ.

އެ ފަތުރުވެރިޔާ ފުރަން ދިޔުމުން އޭނާ ހާލަތު ހުރި ގޮތުން ފްލައިޓަށް ނޭރުވުމާއި ގުޅިގެންވަނީ، މާލޭގެ މާގިރި ހޮޓެލްގައި ދެ ދުވަހު މަޑުކޮށްފަ އެވެ. އޭނާ ޓިކެޓް ގަންނަން ދިޔަ އޮފީހުގެ މުވައްޒަފެއްގެ ފަރާތުން ވެސް ކޮރޯނާ ވައިރަހުގެ އަލާމާތްތައްވަނީ ފެނިފައެވެ. ނަމަވެސް އެ މުވައްޒަފު މީހާގެ ނަތީޖާވަނީ ނެގެޓިވް ވެފައެވެ.

ކުރެއްދޫ ރިސޯޓުން ކޮރޯނާއަށް ޕޮޒިޓިވް ހަތަރު މީހަކު ފެނުމާއި ގުޅިގެން އެރަށް ވަނީ އޮރެންޖް އެލާޓުގައެވެ. އަދި އެރަށަށް އަރާ ފޭބުންވެސްވަނީ މަނާ ކޮށްފައެވެ. މިހާރު ކުރެއްދޫ ރިސޯޓްގައި 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަތިއްބެވެ.

Leave a Reply

Your email address will not be published. Required fields are marked *