އިންތިހާބު ފަސް ކުރުމުގެ ގާނޫނީ ބާރެއް ނެތް، އެކަން ކުރެވޭނީ ކޯޓަށް: އިލެކްޝަން

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ގައުމީ ލަފާ ދޭ ކޮމެޓީގައި ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް

ކުރިޔަށް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ގާނޫނީ އެއްވެސް ބާރެއް އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި އެކަން ކުރެވޭނީ ޝަރުއީ ކޯޓަށް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ބާއްވަމުން ގެންދާ ގައުމީ ލަފާދޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވަންޖެހޭ ތާރީހުގައި ނުބާއްވާ ތާރީހަށް ބަދަލު ގެނައުމުގެ ގާނޫނީ ބާރުވެރިކަން އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެކަން ކުރަން ބޭނުންވާ ފަރާތްތަކުން އެކަން ކުރަން ޖެހޭނީ ކޯޓު މެދުވެރިކޮށް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި އިންތިހާބެއް ނުބޭއްވޭ ފަދަ ހާލަތެއް އަދި ނެތް ކަމަށެވެ. ހުދު އެ ކޮމިޝަނުގެ އެއްވެސް މެންބަރަކަށް އެފަދަ ހާލަތެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެފަދަ ހާލަތެއް ރާއްޖެއަށް މެދުވެރިވެއްޖެ ނަމަ އިންތިހާބު ފަސް ކުރުމުގެ އިޝްތިޝާރީ ލަފަޔަކަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *