ކުރަަަތިން ޓެސްޓު ކުރި ދެ ބިދޭސީން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ކުރަމަތި އައިލެންޑު ރިސޯޓު --

ކޮވިޑް19 އަށް ކުރަމަތި އައިލެންޑު ރިސޯޓުން ޓެސްޓު ކުރި ދެ ބިދޭސީއަކު އެ ބައްޔަށް ޕޮޒިޓީވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، އެ ރިސޯޓުން ސާމްޕަލް ނެގި ބިދޭސީ ދެ މީހުން ވައިރަހަށް ޕޮޒިޓިވް ވުމާ އެކު އެ ރިސޯޓް އޮތީ ވަގުތީގޮތުން ބަންދު ކޮށްފައި ކަމަށެވެ. އަދި އެ މީހުންނާ ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ކުރަމަތި ރިސޯޓާއެކު ސޭންޑީސް ބަތަލާ އަދި ކުރެއްދޫ ވެސް އޮތީ މީހުން އަރާފޭބުން މަނާކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އއ. ސޭންޑީސް ބަތަލާ އިން ދެ ފަތުރުވެރިއަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *