ގޮތް ނޭނގޭ ދަބަހެއް ފެނިގެން ޖުމްހޫރީ މައިދާން ސަރަހައްދުގައި އެމްއެންޑީއެފް ހަރަކާތްތެރިވަނީ

ޖުމްހޫރީމައިދާން ސަރަހައްދު --

ގޮތް ނޭނގޭ ދަބަހެއް ފެނިގެން ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކޮށް އެ ސަރަހައްދުގައި އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެ ސަރަހައްދުން ފެނިފައިވަނީ ރަތް ކުލައިގެ ފޮއްޓެއް ކަމަށާއި މި ފޮށި އޮތީ ޑަސްބިނެއްގެ ކައިރީގައި ކަމަށެވެ.

ޖުމްހޫރީ މައިދާން ސަރަހައްދު އޮތީ މިކަމާ ގުޅިގެން ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

ނަމަވެސް އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑްނެންސް ޑިސްޕޯސަލް (އީއޯޑީ) ޓީމުން ބަލާ ފާސްކުރި އިރު އެ ދަބަހުގައި ނުރައްކާތެރި އެއްވެސް އެއްޗެއް ނެތްކަމަށް އާޒިމް ވިދާޅުވިއެވެ. އެހެން ނަމަވެސް އެއްވެސް ނުރައްކާތެރި އެއްޗެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

Leave a Reply

Your email address will not be published.