ރީތި ރަށުން ކަރަންޓީން ކުރި ކުޑަކުއްޖާ ވައިރަހަށް ނެގެޓިވް، ރަށް ހުޅުވާލައިފި

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓު --

ވަންޑް އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީނުކޮށްފައިވާ ކުޑަ ކުއްޖާ ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެ ރިސޯޓުން ބިދޭސީ ކުޑަ ކުއްޖެއްގެ ގައިން ވައިރަހުގެ އަލާމާތްތަކެއް ފެނިގެން އެ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ސާމްޕަލް ރޭގެ ވަގުތެއްގައި ނެގިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކުޑަކުއްޖާގެ ނަތީޖާ މިހާރު ލިބިފައިވާއިރު އެކުއްޖާ ވަނީ އެ ބައްޔަށް ނެގެޓިވް ވެފައެވެ. އެހެންކަމުން އެ ރަށް މިހާރު ވަނީ ހުޅުވާލާފައެވެ. މިއާއެކު ލޮކްޑައުންގައި މިހާރު އޮތީ ތިން ރިސޯޓެކެވެ. އެއީ ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީޒް ބަތަލާ އާއި، ކުރަމަތި އައިލެންޑް ރިސޯޓެވެ.

ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ހަ މީހުންނެވެ. އެއީ ކުރެއްދޫން ފެނުނު ތިން ކޭސް އާއި ބަތަލާ ރިސޯޓުން ފެނުނު ދެ ކޭހެވެ. ކުރެއްދޫއިން ހަތަރު މީހަކަށް ކޮރޯނާ ޖެހިފައިވާކަން ކަށަވަރުވެފައިވާ އިރު، ކުރެއްދޫގައި ރޫމް އައިސޮލޭޝަންގައި 65 މީހަކު އެބަތިއްބެވެ. އަދި ކުރެއްދޫ ކޭސްއާ ގުޅުން ހުރި އިތުރު 25 މީހަކު، އެ ރަށުން ބޭރުން ވަނީ އެކަހެރިކޮށްފަ އެވެ. އެއީ ޖުމްލަ 90 މީހުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.