ވިލަމެންދޫ އިން ޝައްކު ކުރެވުނު މީހާ ބައްޔަށް ނެގެޓިވް ވުމުން އެރަށް ހުޅުވާލައިފި

ވިލަމަންދޫ ރިސޯޓު --

ކޮވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އދ. ވިލަމެންދޫ އައިލެންޑް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި މީހާ ވައިރަހަށް ނެގެޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުގެ އިތުރުން އެ ރިސޯޓުގައި ކުރިއަށް ދިޔަ "ކޮންޓެކްޓް ޓްރޭސިންގ" ނިމިފައި ވާތީ މިހާރު ރަށަށް އަރާ ފޭބުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ވިލަމެންދޫ ރިސޯޓުން ކޮވިޑް19 ގެ އަލާމާތްތަކެއް ފެނިފައި ވަނީ އެ ރިސޯޓުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފެއްގެ ގައިންނެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބި، ކޮންޓެކްޓު ޓްރޭސިން ނިމެންދެން ރިސޯޓަށް އަރާ ފޭބުން އޮތީ ވަގުތީގޮތުން އިއްޔެ އޮތީ މަނާކޮށްފައެވެ.

ވިލަމެންދޫ ރިސޯޓު ހުޅުވާލިއިރު އިންޓަލީން އައި ދެ ދިވެހިން މިހާރު ވަނީ ކަރަންޓީން ކޮށްފައެވެ.

އެޗްޕީއޭ އިން ބުނީ އެ ދެ މީހުން ކަރަންޓީނު ކުރަނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ކަމަށެވެ. އުސޫލުގެ ދަށުން އެ ދެމީހުން ވެސް 14 ދުވަހަށް ކަރަންޓީނު ކުރާނެ އެވެ. ކޮވިޑް19 އެންމެ ބާރަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީއެވެ. އިޓަލީގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، 631 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑްގެ ހަ ކޭސްއެއް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ކުރެއްދޫ ރިސޯޓުން ފެނުނު ހަތަރު ކޭސްއާއި ބަތަލާ ރިސޯޓުން ފެނުނު ދެ ކޭސް ހިމެނެ އެވެ. ކޮވިޑްއާ ގުޅިގެން މިހާރު ފަސް ރިސޯޓް އޮތީ ލޮކްޑައުންގައެވެ.

Leave a Reply

Your email address will not be published. Required fields are marked *