އިޓަލީ ޓޫރިސްޓު ފުރައިގެން ދިޔަ މައްސަލާގައި ޖިނާއީ ތަހުގީގު ފުލުހުން ފަށައިފި

ފަތުރުވެރިންތަކެއް އެއާޕޯޓުން ފުރަން ދަނީ ---

ކުރެއްދޫ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިޓަލީއަށްދިޔަ ފަހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ފަތުރުވެރިޔާ ރާއްޖެއިން ފުރައިގެން ދިޔުމުގައި ތުހުމަތުވާ ކަންތައްތަކެއް ހުރުމުން އެކަން ތަހުގީގު ކުރަން ޕްރޮސެކިޓަރ ޖެނެރަލް ހުސެއިން ޝަމީމް ފުލުހުންނަށް އަމުރު ކުރުމުން އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ޕީޖީ މިގޮތަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވަނީ ގާނޫނުން އެމަނިކުފާނުގެ މައްޗަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެގޮތުން ޕީޖީ ޝަމީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުނީ ބައެއްގެ އިހުމާލުން ކަމަށް ބެލެވޭ ތުހުމަތުތައް ހޯދައި، ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީގެ ހައިސިއްޔަތުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.

އޭނާ ރާއްޖެއިން ފުރިއިރު މިކަންކަމުގެ މައުލޫމާތު ނުލިބި އޮތީ ކީއްވެގެންކަން މިހާރު ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ތައްޔާރަށް އޮތް ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ކުރެއްދޫ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ ވައިރަހަށް ޕޮޒިޓިވްވިކަން އެނގުމާއެކު އެ ރިސޯޓުގައި ތިބި ފަރާތްތައް ވަނީ މި ބައްޔަށް ޓެސްޓު ކުރަން ފަށާފައެވެ. އެގޮތުން އެ ރިސޯޓުން މިހާތަނަށް ވަނީ މި ބައްޔަށް ހަތަރު މީހަކު ޕޮޒިޓިވް ވެފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.