ބަތަލާ ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވޭ ދެމީހަކު އެކަހެރިކޮށްފި

ބަތަލާ ރިސޯޓު/ ފޮޓޯ- މައިސައިޓް

ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުން ކޮވިޑް19 އަށް ޝާއްކުކުރެވޭ އިތުރު ދެބިދޭސީއަކު އެކަހެރިކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، އެ ރިސޯޓުގައި ތިބި 2 ބިދޭސީއެއްގެ ފަރާތުން ކޮވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން، އެ ދެ މީހުންވެސް އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް، ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ ކަމަށެވެ.

އަދި މިދެމީހުންނަކީވެސް ކޮވިޑް19އަށް ކުރިން ޕޮޒިޓިވްވެފައިވާ މީހަކާއި ކޮންޓެކްޓް ޓްރޭސިންގްވެފައިވާ ދެމީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް 6 މީހުންވަނީ ކޮވިޑް19އަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުން 2 ބިދޭސީ ފަތުރުވެރިއަކުވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެދެ ފަތުރުވެރިންނަކީވެސް އިޓަލާއަށް ނިސްބަތްވާ މީހުންނެވެ. ކޮވިޑް19 އަށް އިތުރު ހަތަރު މީހަކު ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ.

ރާޢްޖޭގައި ކޮވިޑް19 ފެތުރުމާއި ގުޅިގެން، ވަގުތީ ގޮތުން ބައެއް ރަށްތަކަށް އަރާ ފޭބުންވަނީ މަނާކޮށްފައެވެ. އޭގެތެރޭގައި، ކުރެއްދޫ އައިލެންޑް ރިސޯޓު، ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓު، ވިލަމެންދޫ އައިލެންޑް ރިސޯޓު އަދި ކުރަމަތި މޯލްޑިވްސް އައިލެންޑް ރިސޯޓު ހިމެނެއެވެ. އަދި މިނޫން އެއްވެސް ރަށަކަށް އަރައިފޭބުން ހުއްޓައިލާފައެއް ނުވާނެކަމަށް އެޗްޕީއޭއިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *