ކުރަމަތި ރިސޯޓުގައި ހުރި ބިދޭސީއެއް ޝައްކު ކުރެވޭތީ ޓެސްޓު ކުރަނީ

ނުރައްކާތެރި ކޮވިޑް19 އަށް ޝައްކު ކުރެވޭ ބިދޭސީއަކު އއ. ކުރަމަތި އައިލެންޑު ރިސޯޓުގައި ހުރުމުން އެމީހާ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ، ކުރަމަތި ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާ ގުޅިގެން އިތުރަށް މޮނީޓާ ކުރުމަށާއި ބަލަންޖެހޭ ކަންތައް ބެލުމަށް އޭނާ އައިސޮލޭޝަން އަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އެރިސޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ.

އެ ރިސޯޓުން ކޮވިޑް19އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވަނީ، އެ ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް ދިޔަ ދެމަފިރިންގެ ތެރެއިން އެކަކުގެ ގައިން ކަމަށްވަނީ ހާމަކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ހަ މީހެކެވެ. ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ، ޅ. ކުރެއްދޫ ރިސޯޓުން ހަތަރު މީހަކާއި އއ. ބަތަލާ އިން ދެ މީހެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.