ވަކީލުކަމުގެ ހުއްދަ ހޯދަން ބޭނުންވާ ތަމްރީން އޭޖީ އޮފީހުން ދޭން ނިންމައިފި

ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޖީ ރިފްއަތު ވާހަކަދައްކަވަނީ: ފޮޓޯ / އަވަސް

ގާނޫނީ ރޮނގުން ދަސްވެނިވެ، ވަކީލުކަމުގެ ހުއްދަ ހޯދުމަށް ބޭނުންވާ ތަމްރީނު ފުރިހަމަކުރުމުގެ އިންތިޒާމް މިއަދުން ފެށިގެން އެޓާނީ ޖެނެރަލްގެ އޮފީހުގައި ހަމަޖެހިފައިވާކަމަށް އެ އޮފީހުން ބުނެފިއެވެ.

ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވަނީ ކީލުކަމުގެ ލައިސެންސް ލިބެނީ އެއް އަހަރު ދުވަހުގެ ތަމްރީނެއް އަދި ބާ އިމްތިހާނެއް ފުރިހަމަ ކުރުމުން ކަމަށެވެ. އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ ޓްރެއިނީ ވަކީލުންނަށް ބޭނުންވާ ތަމްރީނާއި ސަޕޯޓު އަދި އެހެނިހެން އެހީތައް އޭޖީ އޮފީހުން ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.

ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވާ ތަމްރީނުގެ ފުރުސަތު ނެތުމުން ގާނޫނީ ވަކީލުކަމުގެ ރޮނގުން ދަސްވެނިވެ ދަރިވަރުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. ގާނޫނުގައި އެެހެން ބުނެފައި އޮތުމުން 389 ފަރާތުގެ ސޮޔާ އެކު ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްވެސް ވަނީ ހުށަހަޅައިފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.