ފޯކައިދޫ އަދި ޔުނިވާސަލް ޓިކެޓު އޮފީހުން ކަރަންޓީން ކުރި މީހާ ވައިރަހަށް ނެގެޓިވް

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ނުރައްކާތެރި ވައިރަސް، ކޮވިޑް19 ގެ އަލާމާތްތައް ފެނިގެން ފަރުކޮޅުފުށީގައި ކަރަންޓީން ކުރި ތިން މީހަކު އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީީއޭ އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮވިޑް19 ގެ އަލާމާތްތައް ހުރުމުން ށ. ފޯކައިދޫ އިން ކަރަންޓީނަށް ގެންދިޔަ މީހުންނާއި ޔުނިވާސަލް އޮފީހުގެ މުވައްޒަފު އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

އެމިރޭޓްސްގެ މުވައްޒަފު ކަރަންޓީނަށް ގެންދިޔައީ ކުރެއްދޫ އައިލެންޑު ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ އިޓަލީ ފަތުރުވެރިޔާ މާލެ އައިސް ޓިކެޓް ގަތުމަށް އެމިރޭޓްްސް އޮފީހަށް ދިޔުމުން އޭނާއާ ކޮންޓެކްޓުވި މީހަކަށް ވާތީއެވެ. އެ ފަތުރުވެރިޔާއަކީ ރާއްޖެއިން އަނބުރާ ދިއުމަށްފަހު ކޮވިޑް19 އަށް ޕޮޒިޓިވްވި މީހެކެވެ. އަދި އޭނާ ވަނީ މާލޭގައި ދެ ދުވަސް މަޑުކޮށްފައެވެ. އެ ދެ ދުވަހު އޭނާ މަޑުކޮށްފައި ވަނީ މާގިރި ހޮޓަލުގައެވެ. އެހެންކަމުން އޭނާއާ މާގިރި ހޮޓަލުން ކޮންޓެކްޓުވި 15 މީހަކު ސެލްފް އައިސޮލޭޝަނަށް ދިއުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެޗްޕީއޭ އިން މިއަދު ހެނދުނު ބުނީ އދ. ވިލަމެންދޫ ރިސޯޓުގައި ހުރި ދިވެހި މުވައްޒަފަކު ކޮވިޑް އަށް ޝައްކު ކުރެވިގެން އޭނާގެ ޓެސްތުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ހަ މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫއިން ޕޮޒިޓިވްވި ހަތަރު ބިދޭސީންނާއި ސޭންޑީޒް ބަތަލާ ރިސޯޓުން ޕޮޒިޓިވްވި ދެ ފަތުރުވެރިންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *