ކައުންސިލް އިންތިހާބު ފަހުގެ ތާރީހެއްގައި ބޭއްވުމަށް މައުމޫން ގޮވާލައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ --

ނުރައްކާތެރި ވައިރަހެއް ކަމަށް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކޭސްތަކެއް ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަހުގެ ތާރީހެއްގައި ބޭއްވުމަށް ސަރުކާރު ކޯލިޝަން ޕާޓްނަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިލެކްޝަންސް ކޮމިޝަން ޓެގުކޮށް ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ޓާސްކް ފޯސްގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މީގެކުރިން ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާއި މެދު އަދި އެއްވެސް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދި ގިނައިން މީހުން އެއް އުޅޭ ތަންތަނަށް ދިއުން މަނާ ކޮށްފައި ނުވާ ކަމަށާއި އެފަދަ ތަންތަނަށް ނުދިއުމާއި ގިނަ މީހުން ބައިވެރި އެއްވާ އެއްވުންތައް ނުބޭއްވުމަށް ހަމައެކަނި އިލްތިމާސްކުރީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ނަމަވެސް ފަހުން އަލީ ވަހީދު ވަނީ އެކަމާއި ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއި އެކުގައި ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *