ކޮވިޑް19: ވިލަމަންދޫ ރިސޯޓުގެ މުވައްޒަފަކު އެކަހެރިކޮށް، ރަށް ލޮކްޑައުންކޮށްފި

ވިލަމަންދޫ ރިސޯޓު --

ރާއްޖެއިން ވެސް މިހާރު ފެނިފައިވާ ނުރައްކާތެރި ވައިރަސް ކަމަށް ކޮވިޑު19 ގެ އަލާމާތްތައް ފެނިފައިވާ އދ. ވިލަމަންދޫ ރިސޯޓުގެ މުވައްޒަފަކު އެކަހެރި ކުރުމަށްފަހު އެ ރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރި ޓްވީޓެއްގައި ބުނީ އދ. ވިލަމަންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސެއްގެ ގައިން ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި މޮނިޓާ ކުރުމަށާއި “ކޮންޓެކްޓް ޓްރޭސިން” ހެދުމަށް އެރަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައި ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. 

މިއީ ލޮކްޑައުން ކުރި ތިންވަނަ ރިސޯޓެވެ. މިހާރު ލޮކްޑައުން ކޮށްފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީޒް ބަތަލާ ރިސޯޓެވެ. އެގޮތުން ކުރެއްދޫ ލޮކްޑައުން ކޮށްފައިވަނީ އެރަށުން ކޮވިޑް19 އަށް ޕޮޒިޓިވް ހަތަރު ކޭސްއެއް ފެނުމުންނެވެ. އަދި ބަތަލާ ރިސޯޓު ލޮކްޑަައުން ކޮށްފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެ ފަތުރުވެރިންގެ ގައިން އެ ބަލި ފެނުމުންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.