ކޮވިޑް19: މުޅި އިޓަލީ ލޮކްޑައުން ކޮށްފި

އިޓަލީގެ ނަދަން އޭރިއާ އެއްކޮށް ލޮކްޑައުން ކޮށްފައި: ފޮޓޯ / ޔޫޕީއައި

މުޅި ޔޫރަޕްގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އިޓަލީވިލާތް އެއްކޮށް ލޮކްޑައުން ކޮށްފިއެވެ.

އިޓަލީއަކީ މިހާތަނަށް މުޅި ޔޫރަޕްގައިވެސް އެންމެ ގިނަ އަދަދަކަށް ކޮވިޑް19 ޖެހުނު މީހުން ގިނަ ގައުމެވެ. އެ ގައުމުން ވަނީ 9،000 މީހުންނަށް މި ވައިރަސް ޖެހިފައެވެ. އަދި 463 މީހަކު ވަނީ މި ވައިރަހާއި ގުޅިގެން މަރުވެފައެވެ.

އިޓަލީން ވަނީ އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުރިހާ އިވެންޓުތަކެއް ކެންސަލް ކޮށްފައެވެ. އިޓަލީން ވަނީ 60 މިލިއަން މީހުން މި ބައްޔާއި ގުޅިގެން ކަރަންޓީން ވެސް ކޮށްފައެވެ.

އިޓަލީން ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހާއި ހަމައަށް އެގައުމުގައި ހިންގާ ކުޅިވަރުގެ ބޮޑެތި އިވެންޓުތައް ވެސް ކެންސަލްކޮށްފައެވެ. އެކަން ހާމަކޮށްފައިވަނީ އިޓަލީގެ ނޭޝަނަލް އޮލިމްޕިކް ކޮމެޓީންނެވެ.

މުޅި އިޓަލީ ލޮކްޑައުން ކުރިކަން ހާމަކުރީ އެގައުމުގެ ބޮޑުވަޒީރު ޖުސެއްޕެ ކޮންޓޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ބޮޑުވަޒީރު ކޮންޓޭ ވިދާޅުވީ އެ ނިންމުން ނިންމީ އިޓަލީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި އެ ބަލި ޖެހިފައިވާ މީހުންގެ ވެސް ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.

އެތައް ގައުމަކުން ފެނިފައިވާ ކޮވިޑް19 ގެ 6 ކޭސް ރާއްޖެއިން ވެސް މިހާރު ވަނީ ފެނިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.