ޝުމްބާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފި

ޝުމްބާ --

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ސޯޝަލް މީޑިއާގެ އެކްޓިވިސްޓު އަހުމަދު އަޝްރަފު (ޝުމްބާ) މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އޭނާގެ ފޯނު އަތުލައިފިއެވެ.

މި މައްސަލާގައި ފުލުހުން ވަނީ ޝުމްބާގެ ފޯނުވެސް ހިފަހައްޓާފައެވެ. ފޯނު ހިފަހައްޓާފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ އަމުރުގައި ބުނެފައިވަނީ ޝުމްބާއަށް ތުހުމަތު ކުރަނީ ސޯޝަލް މީޑިއާ ޕްލެޓު ފޯމެއް ކަމަށްވާ އެމްވީ ކްރައިސިސް މެދުވެރިކޮށް ދައުލަތުގެ ސިއްރު މައުލޫމާތު ހުއްދަ ނޫން ގޮތުގައި ހާމަކުރުމާއި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުން ކަމަށެވެ.

ކޯޓު އަމުރު ހޯދަން ބޭނުންވާ ސަބަބު ކަމަށް ބުނެފައިވަނީ ޝުމްބާ އަކީ އެމްވީ ކްރައިސިސް ހިންގާ ފަރާތް ކަމަށްވާތީ އެ މައްސަލައިގެ ހެކި އަދި ގަރީނާ ހޯދުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން މާދަމާ ޝުމްބާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވެސް ވަނީ އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.