މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ

އެނބޫދޫ-

މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެމީހާގެ ހަށިގަނޑު ކަނޑުއަޑިން ފެނިއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ، އެނބޫދޫއަށް ފަރުމަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ކަނޑު އަޑިން ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މަރުވެފައިވަނީ އެސްއެސްޖީޓީ ރޭންކުގެ ޔައުގޫބް އަހްމަދް ނަމަކަށް ކިޔާ ބޭކަލެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 17:55 ހާއިރު ކަމަށެވެ.

މިއަދަކީ އޭނާ އޮފް ޑިއުޓީ ދުވަހެއްކަމަށްވެފައި، ފީނަން ދިޔައީ ކަމަށާއި، އެ ހާދިސާ ދިމާވެފައިވަނީ ފީނުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި ހަށިގަނޑު ފެނިފައިވަނީ 20 މީޓާރު އަޑިންކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *