ކޮވިޑް-19: އަލާމާތްތައް ފެނުނު މީހަކު މާލެއިން ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަނީ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން ކޮވިޑް-19 ގެ ހަތަރު ކޭސް މިހާރު ފެނިފައިވާއިރު މާލެއިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިފައިވާ މީހަކު ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ޔުނިވާސަލް އޮފީހުގެ މުވައްޒަފެއް ކަމަށެވެ. ކޮވިޑް-19 މުޅި ރާއްޖެއިން ވެސް އެންމެ ފުރަތަމަ ކޮވިޑް-19 ޖެހުނު މީހާއަކީ އިޓަލީގެ ފަތުރުވެރިއެކެވެ. ނަމަވެސް އެކަން އެނގުނީ އޭނާ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. އޭނާއަކީ އެ ރިސޯޓަށް ޗުއްޓީ ހޭދަ ކުރުމަށް ދިޔަ މީހެކެވެ. އޭނާ ޗުއްޓީ ހޭދަކުރީ ކުރެއްދޫ ރިސޯޓުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެ ފަތުރުވެރިޔާ ނުފުރިގެން މާލެ އައިސް، މާލޭގެ މާގިރި ހޮޓަލުގައި ދެ ދުވަހު މަޑުކުރި ކަމަށެވެ. އަދި ކަރަންޓީނަށް ގެންދާ ޔުނިވާސަލްގެ މުވައްޒަފަކީ އެ އިޓަލީގެ ފަތުރުވެރިޔާއާ ޔުނިވާސަލްގެ ޓިކެޓިން އޮފީހުން ބައްދަލުވެ އޭނާއާ މުއާމަލާތްކުރި މުވައްޒަފުކަމަށް މަބްރޫކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިޓަލީއާ ކޮންޓެކްޓް ޓްރޭސްވި 15 މީހަކު މިހާރުވެސް ސެލްފް އައިސޮލޭޝަންގައި ތިބި ކަމަށާއި ނަމަވެސް އަދި އެމީހުންގެ ފަރާތުން އަލާމާތްތައް ނުފެންނަ ކަމަށެވެ.

ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް ރާއްޖެއިން 63 ސާމްޕަލް އެއް ނެގި ޓެސްޓު ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 49 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި 10 މީހެއްގެ ނަތިޖާ އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ،

ހިޔާލު ދެއްވާ!

Your email address will not be published.