ވޭތުވެދިޔަ އަހަރުތަކަށްވުރެ މިއަހަރު ހޫނު ގަދަވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ރަށެއް: އެހެން އަހަރުތަކަށްވުރެ މިއަހަރު ހޫނު ގަދަވާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާ ކޮށްފައި --
ވޭތުވެދިޔަ އަހަރުތަކަށްވުރެ މިއަހަރު ރާއްޖެއަށް އިތުރަށް ހޫނު ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް އެންމެ ހޫނު ގަދަވާ މަސްތަކަކީ ކޮންމެ އަހަރެއްގެ ވެސް މާޗު މަހާއި އޭޕްރީލް މަސް ކަމަށެވެ. މިއަހަރު ފެށުނުއިރުވެސް ރާއްޖޭގެ ފިނި ހޫނުމިން ހުރީ އާއްމުކޮށް ހުންނަ ވަރަށްވުރެ 0.5 ދަރަޖަ މަތީގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އެހެންކަމުން މިއަހަރުގެ ހޫނު މޫސުމުގެ ދުވަސްތަކުގެ ފިނި ހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ މިހާރު ހުރި ވަރަށްވުރެ މަތީގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރެއެވެ. ދުނިޔޭގެ ފިނި ހޫނުމިނަށް ބަލާއިރު މިފަހުގެ އަހަރުތަކަކީ ހޫނުގަދަ އަހަރުތަކެއްގެ ގޮތުގައި ރިކޯޑު ކުރެވިފައިވާ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އެ އޮފީހުން ބުނީ މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށެވެ. ރާއްޖޭގައި ފިނި ހޫނުމިން ދަށްވާން ފަށާނީ މެއި ހިސާބުގައެވެ.
މިދިޔަ އަހަރުގެ މާޗް އޭޕްރީލް ހިސާބުގައި އެއް ގޮތަކަށްވެސް ރާއްޖެއަށް ވާރޭ ނުވެހި ރަށްތައް ހިރަފުސްވެ ފެން ލިބުން ދަތިވުމުން ވަނީ އިސްތިސްގާ ނަމާދުވެސް ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.