ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖެ އައުން މަނާކޮށްފި

ބަންގަލަދޭޝްގެ މީހުން/ ފޮޓޯ- މިހާރު

ކޮވިޑް19 ރާއްޖެއަށް ފެތުރުމާއި ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖެ އައުން މަނާކޮށްފިއެވެ.

މިކަން އަންގާފައިވަނީ މިއަދު ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ސާކިޔުލާއެއްގައެވެ. އެ ސާކިއުލާގައި ބުނެފައިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފާއިތުވި 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝަށް ދަތުރު ކޮށްފައިވާ މީހަކު ރާއްޖެއަށް އެތެރެވުމާއި ޓްރާންސިޓްވުން ވެސް މާދަމާ އިން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް މަނާ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭގެތެރެއިންވެސް ބަންގްލަދޭޝް އިން ރާއްޖެ އަންނަ ދިިވެހިންނާއި ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ރާއްޖެ އާދެވޭނެކަމަށް އެ ސާކިއުލާގައި ބުނެފައި ވެއެވެ.

ބަންގްލަދޭޝްއިން ކޮރޯނާއަށްވަނީ ތިން މީހަކު ޓެސްޓުކޮށްފައެވެ. އަދި އެ ތިން މީހުންވެސްވަނީ ކޮވިޑް19އަށް ޕޮޒިޓިވް ވެފައެވެ. މިތިން މީހުންވެސްވަނީ އިޓަލީއަށް ދަތުރުކޮށްފައެވެ. ބަންގްލަދޭށްއިންވަނީ އިޓާލީއާއި، ސައުތް ކޮރެއާ ޖަޕާން އަދި ކުވެއިތްއިން މީހުން އައުން މަނާކޮށްފައެވެ.

ޗައިނާއިން ފެތުރުން ކޮވިޑް19 އަށް މިހާތަނަށް 107،389 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 3،652 މީހުންވަނީ މަރުވެފައެވެ. އަދި 60،910 މީހުންވަނީ ބަލިން ސަލާމަތް ވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.