ކޮރޮނާއާއި ގުޅިގެން ސައުދީ އަރަބިއާގެ ސްކޫލުތައް ބަންދުކޮށްފި

ސައުދީ އަރަބިއްޔާގެ ސްކޫލެއް/ ފޮޓޯ- އަރަބް ނިއުސް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ސައުދީ އަރަބިއާގެ ސްކޫލްތަކާއި ޔުނިވާސިޓީތައް މިއަދުން ފެށިގެން ބަންދުކޮށްފިއެވެ.

ސައުދީ އަރަބިއާގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކޮވިޑް19 އާއި ގުޅިގެން ދަރިވަރުން އަދި އެތަންތާ މަސައްކަތް ކުރަމުންދާ ސްޓާފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އެގައުމުގެ ހެލްތް މިނިސްޓްރީގެ އިލްތިމާސާއެކު، ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކޮށްފައިވާ ކަމަށެވެ.

އަދި މިއާއެކު ސައުދީ އަރަބިއާގެ ކިޔަވައިދޭ ސެންޓަރުތަކާއި، ޕަބްލިކް އަދި ޕްރައިވެޓް ސްކޫލްތަކުގެ އިތުރުން، ޓެކްނިކަލް އަދި ހާއްސަ ތަމްރީނުދޭ ސްކޫލުތައްވެސް ބަންދުކޮށްފައިވާ ކަމަށެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ސައުދީއިން މިހާތަނަށް 11 މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެ އެންމެންނަކީވެސް އެގައުމުގެ ގާތިފް ސިޓީގައި ތިބި މީހުންނެވެ. އެގޮތުން ސައުދީއިންވަނީ އިއްޔެ ގާތިފްއަށް އަރާ ފޭބުން މަނާކޮށްފަ އެވެ.

ޗައިނާއިން ފެތުރުން ކޮވިޑް19 އަށް މިހާތަނަށް 107،389 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 3،652 މީހުންވަނީ މަރުވެފައެވެ. އަދި 60،910 މީހުންވަނީ ބަލިން ސަލާމަތް ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *