ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވް، އެކަކު ނެގެޓިވް

ބަތަލާ ރިސޯޓު/ ފޮޓޯ- މައިސައިޓް

ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް-19 އަށް ޝައް ކުރެވިގެން މިއަދު ސޭންޑީޒް ބަތަލާއިން ކަރަންޓީން ކުރި ތިން މީހުންގެ ތެރެއިން ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ވިދާޅުވީ ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވުނު ތިން މީހުންގެ ތެރެއިން އެކަކު އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ. ބަތަލާ ރިސޯޓުން ޕޮޒިޓިވް ވެފައި ވަނީ ދެ ފަތުރުވެރިންނެވެ. މި ދެ ފަތުރުވެރިންނާއި އެކު މިއީ ރާއްޖެއިން ކޮވިޑް-19 އަށް ޖުމްލަ ހަތަރު މީހަކު މިވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މީގެކުރިން މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ކުރެއްދޫ އައިލެންޑު ރިސޯޓުގެ ދެ މުވައްޒަފުންނެވެ. އެ ދެ މުވައްޒަފުންވެސް މިހާރު ދަނީ ފަރުކޮޅުފުށީގައި ކަރަންޓީން ކޮށްގެން ފަރުވާ ދެމުންނެވެ.

ބަތަލާ ރިސޯޓުން ކޮވިޑް-19 ފެނުމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރިސޯޓު ވެސް މިހާރު ވަނީ ލޮކްޑައުން ކޮށްފައެވެ. މީގެއިތުރުން ކޮވިޑް-19 އަށް ކުރެއްދޫގެ ދެ މުވައްޒަފުންވެސް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށްވެސް އަދިވެސް އޮތީ ލޮކްޑައުންގައެވެ.

Leave a Reply

Your email address will not be published. Required fields are marked *