ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ދިވެއްސަކު ކަރަންޓީންކޮށްފި

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ހެލްތު މިނިސްޓްރީ

ރާއްޖޭއިންވެސް މިހާރު ފެނިފައިވާ ނުރައްކާތެރި، ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސަކު ށ. ފޯކައިދޫއިން ކަރަންޓީންކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް19އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ށ. ފޯކައިދޫއިން ފަރުކޮޅުފުއްޓަށް މޮނިޓާކޮށް އަދި ޓެސްޓު ހެދުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އަދި މި މީހާއަކީ ކުރެއްދޫ ރިސޯޓްގެ މުވައްޒިފެއްކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ބުނީ މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށެވެ. ރާއްޖެއިން އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ފެނުނީވެސް ކުރެއްދޫ އައިލެންޑުގެ ދެ މުވައްޒިފެއްގެ ގައިންނެވެ. އެ ދެމުވައްޒިފުންނަކީވެސް ބިދޭސީންނެވެ.

އެ ރިސޯޓުން ކޮވިޑް19 ފެނުމުގެ ސަބަބުން މިހާރު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި އެ ރިސޯޓުވަނީ އެލާޓް އޮރެންޖުގެ ހާލަތަށް ގެނެސްފައެވެ. އަދި ރާއްޖެވަނީ ޔެލޯ އެލާޓުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.