ކޮވިޑް-19: ބަލި މީހުންނަށް ޒިޔާރަތް ކުރުންވެސް ވަގުތީ ގޮތުން ހުއްޓާލައިފި

ދަރުމަވަންތަ ހޮސްޕިޓަލް-

ނުރައްކާތެރި ވައިރަހެއް ކަމަށްވާ ކޮވިޑް-19 ރާއްޖެއިން ވެސް ފެނުމާއި ގުޅިގެން ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ދީފައިވާ އޮން ވަގުތު އައިޖީއެމްއެޗުން ހުއްޓާލައިފިއެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި އެއީ ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. އެ ހޮސްޕިޓަލުން ބުނީ މިވަގުތު ބަލި މީހުންނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަބަބުން ބައިތިއްބައިގެން ފަރުވާދޭ ބަލިމީހުންނަށް ނުރައްކާވެދާނެ ކަމަށެވެ. އެހެންކަމުން އެންމެންގެ ރައްކާތެރިކަމަށްޓަކައި، ހޮސްޕިޓަލުގެ ސިއްހީ މިންގަނޑުތައް ދެމެހެއްޓުމުގެ ގޮތުން، ބަލި މީހުންނަށް ޒިޔާރަތްކުރުން މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ބަލި މީހުންނަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވީ ނަމަވެސް ފާސް ލިބިފައިވާ ބަލިމީހާގެ އެހީތެރިޔާއަށް ބަލިމީހާއެކު މަޑުކުރެވޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ފާސް ލިބިފައިވާ މީހުންގެ އިތުރުން އެހެން މީހުން ހޮސްޕިޓަލަށް ޒިޔާރަތް ކުރުމާއި، އެނޫން އެހެން ކަންކަމުގައި ވެސް ކޮންމެހެން ދާންޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް އައިޖީއެޗް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނީ ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުންގެ ގައިންނެވެ. އެ މީހުންނަށް ފަރުވާ ދެނީ ފަރުކޮޅުފުށީގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.