އައްޑޫގައި ހުންނަ ކޮކާކޯލާ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިފި

އައްޑޫސިޓީގައި ހުންނަ ކޮކާކޯލާ ފެކްޓަރީ/ ފޮޓޯ- އެކްސްޕެޓް އޮފް ދަ ވޯލްޑް

އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ކޮކާ ކޯލާ ކުންފުނީގެ އޮފީސް ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 4:40 ހާއިރު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ކޮކާ ކޯލާ ކުންފުނީގެ އޮފީސް ފަޅާލައި، އެތަނުން ވައްކަން ކޮށްފައިވާކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ވަގަށް ގެންގޮސްފައިވަނީ އެ އޮފީހުގައި ހުރި ތިޖޫރީ ހަލާކުކޮށް، އޭގެ ތެރޭގައި ހުރި 34،000 ދިވެހި ރުފިޔާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގުކުރަމުން ނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.