ކޮވިޑް19: ކޮންމެ ނަމާދެއްގެ ފަހުގަ ގުނޫތު ކިޔަން ނިންމައިފި

އިސްލާމީ މަރުކަޒުގައި ކުރެވިގެން ދިޔަ ހުކުރު ނަމާދެއްގެ ތެރެއިން: ފޮޓޯ / އިސްލާމިކް މިނިސްޓްރީ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނިފައިވާތީ، އެފަދަ ބަލިތަކުން ސަލާމަތްކޮށް ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދުން ފެށިގެން ކޮންމެ ނަމާދެއްގެ ފަހުގައި ގުނޫތު ކިޔަން ޖެހޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކޮރޯނާ ވައިރަސްފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ގުނޫތު ނާޒިލާ މިއަދުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ކިޔަވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ ކުރިން ރާއްޖެއަށް ފެން ލިބުމަށް ދަތިވެ، ރާއްޖެއަށް ވާރޭ ނުވެހި ގިނަ ދުވަސްވުމުން އިސްތިސްގާ ނަމާދު މިދިޔަ އަހަރު މެދުތެރޭގައިވަނީ ކޮށްފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް 3،652 މީހަކުވަނީ މަރުވެފައެވެ. އަދި މި ބަލި ޖެހުނު މީހުންގެ އަދަދުވަނީ 107،389 އަށް އަރާފައެވެ. އޭގެތެރެއިން ކޮވިޑް19 ޖެހިގެން މިހާތަނަަށް ރާއްޖެއިންވަނީ 2 ބިދޭސީއަކު ފެނިފައެވެ. އެ ދެ މީހުންނަކީވެސް ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެމުވައްޒަފުންނެވެ. އެ ރިސޯޓު އަދިވެސް އޮތީ ލޮކްޑައުންގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.