ކޮވިޑް-19: އެއްލައްކައަށް ވުރެ ގިނަ ބުކިން ކެންސަލްކޮށްފި

ވީއައިއޭ އެއާޕޯޓުގައި ފަތުރުވެރިންތަކެއް: ފޮޓޯ / އަވަސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން އެއްލައްކައަށްވުރެ ގިނަ ބުކިން ކެންސަލް ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ސިނާއަތުގެ ހާލަތު އަންގައިދޭން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް 125،827 ކެންސަލޭޝަން ކޮންފައިވާ ކަމަށެވެ. އެހެންނަމަވެސް، ތިން ލައްކައަށް ވުރެން ގިނަ ބުކިންގް ބުކިން އަލަށް ހައްދާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޓޫރިޒަމްގެެ ސިނާއަތަށް ބޮޑު ލޮޅުމެއް އަންނާނެކަން ކުރިންވެސް އެނގޭކަމަށާއި، މިހާލަތުން އަރައިގަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން، ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ހުރިހާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރެވިގެން ކުރެވެމުންދާ ކަމަށެވެ. އަދި މި ދާއިރާގައި ތިބި ހުރިހާ ފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުން މިނިސްޓްރީން ދެމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި ވައިރަސްއަށް ޕޮޒިޓިވްވީ ދެ މީހުން ފެނުނު ޅ. ކުރެއްދޫގެ ހާލަތު ބަޔާންކުރަމުން އަލީ ވަހީދު ވިދާޅުވީ އެ ރިސޯޓުގައި މި ވަގުތު 696 ފަތުރުވެރިން އެބަ ތިބި ކަމަށެވެ. އަދި ވަރަށް ގާތުން އެ ފަރާތްތަކުގެ ހާލަތު މޮނީޓަރ ކުރެވެމުން ދާކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ރިސޯޓުގައި ތިއްބެވި ފަރާތްތަކަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މިއީ ތރާއްޖޭގެ ފަތުރުވެރިކަމަށް މިފަހުން އައި އެންމެ ބޮޑު ލޮޅުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published.