ޅ. ނައިފަރުގައި ކައުންޓާ ޓެރަރިޒަމް އެވެއަރނަސް ޕްރޮގްރާމެއް ހިންގައިފިއެވެ.
މި މަހުގެ ހަތަރަ ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ނައިފަރު ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޓެރަރިޒަމަށް ތުހުމަތު ކުރެވޭ ހާދިސާއެއް ދިމާވެއްޖެ ހާލަތުގައި އެކަމާ ގުޅޭގޮތުން ފުރަތަމަ އަޅަންޖެހޭ ފިޔަވަޅުތައް މުރާޖައާ ކުރުމާއި، އަމިއްލަ ނަފްސާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އެ ފިޔަވަޅުތައް ލަސްނުކޮށް އެޅުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ޓެރަރިޒަމް ގާނޫނަށް އަހުލުވެރި ކުރުމުގެ އިތުރުން، ޓެރަރިޒަމާ ގުޅުން ހުރި މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކުން އެއްބަޔަކު އަނެއް ބަޔަކާ މައުލޫމާތު ހިއްސާކޮށް ހިޔާލު ބަދަލުކުރުމުގެ މުހިންމުކަމާއި މިނޫންވެސް ޓެރަރިޒަމާ ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. ޅ. އަތޮޅާއި ނ. އަތޮޅުން ޖުމްލަ 35 ފުލުހުން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.