ކޮވިޑް19: އެމްއެންޔޫގެ ދަސްވެނިވުމުގެ ޖަލްސާ ކެންސަލްކޮށްފި

އެމްއެންޔޫގެ ދަރިވަރުންތަކެއް ކްލާހުގައި/ ފޮޓޯ- އެމްއެންޔޫ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިރޭ ބާއްވަން ހަމަޖެއްސި ދަސްވެނިވުމުގެ ޕްރޮގްރާމް ކެންސަލްކޮށްފިއެވެ.

އެމްއެންޔޫއިން ދިޔައީ މިހަފްލާ ބޭއްވުމުގެ ގޮތުން ދަރުބާރީގައި ތައްޔާރީތައް ވަމުންނެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް19 އަށް ދެ މީހަކު ޕޮޒިޓިވްވިކަން އިއުލާންކުރި ހިސާބުން އެ ހަފްލާވެސްވަނީ ކެންސަލްކޮށްފައެވެ. އަދި އެ ހަފްލާ ބޭއްވުމަށް އެހެން ދުވަހަކަށްވަނީ ފަސްކޮށްފައެވެ.

އެމްއެންޔޫ އިން ބުނީ ފަސްކުރެވިފައިވާ ދަސްވެނިވުމުގައި ބައިވެރިވާން ބޭނުން ނުވާ ކުދިންނަށް ދަރިވަރުންގެ ހިދުމަތްތަކާ ބެހޭ ބައިން ދަސްވެނިވުމުގައި ބައިވެރިވާން ދެއްކި ފައިސާ އަނބުރާ ލިބިގެންދާނެ ކަމަށެވެ.

އެމްއެންޔޫ އިން އިތުރަށް ބުނީ ސެޓްފިކެޓަށް ރަޖިސްޓްރާގެ އޮފީހުގައި ބުދަ ދުވަހުގެ 14:00 ގެ ކުރިން އެދެވޭނެ ކަމަށެވެ. ފަސްކުރެވުނު ދަސްވެނިވުމުގައި ބައިވެރިވުމަށް އެދިފައިވާ ދަސްވެނިން، ސެޓިިފިކެޓް ނެގި ނަމަވެސް ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވުމުގެ ފުރުސަތު އެ ދަރިވަރުންނަށް އޮންނާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.