އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް މަޑުޖައްސާލައިފި

ދެ ރައީސުން ކެމްޕެއިން ޕޯސްޓަރު ހަރުކުރައްވަނީ -- ފޮޓޯ / އެމްޑީޕީ

ދުނިޔޭގައިވެސް ހަލުވި ކަމާއިއެކު ފެތުރެމުން އަންނަ އަދި އެކަމުގެ ނުރައްކާތެރިކަން ރާއްޖެއަށްވެސް އޮތް ކޮވިޑް-19 ގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ފެތުރިދާނެތީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް އެމްޑީޕީއިން ކުރިއަށްގެންދާ ކެމްޕޭނުގެ އަމަލީ ހަރަކާތްތައް މަޑުޖައްސާލަން ނިންމައިފިއެވެ.

އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް މަޑުޖައްސާލަން ނިންމިއިރު އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ލ. އަތޮޅު ކުރައްވަން ހަމަޖެހިފައި އޮތް ދަތުރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކު ސިޓީއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުވެސް މިހާރު ވަނީ ކެންސަލްކޮށްފައެވެ.

އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ހުއްޓާލި ނަމަވެސް ސޯޝަލް މީޑިއާގެ ކެމްޕެއިން ފޯރީގައި ކުރިޔަށް ގެންދާނެއެވެ. އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް މަޑުޖައްސާލާފައިވާއިރު ޕީޕީއެމްއިން ވަނީ އެޕާޓީން ކެމްޕެއިން ކުރުމަށް އަތޮޅުތަކަށް ކުރަމުން ގެންދާ ދަތުރުތައް ވެސް ހުއްޓާލަން ނިންމައިފިއެވެ. އަދި ޖުމްހޫރީ ޕާޓީން އަންނަ މަހުގެ 13ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ކެމްޕެއިން ޖަލްސާ ވެސް މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން މިއަދުވެސް ތިން މީހަކު ވަނީ ކަރަންޓީން ކުރިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.