ފްރާންސްގެ ދެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޝައްކު ކުރެވޭތީ އެކަހެކުރި ކުރުމުގެ މަސައްކަތް ފަށައިފި

ސަމާ އައިލެންޑް

ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އަށް ފްރާންސްގެ ދެ ފަތުރުވެރިޔަކު ޝައްކު ކުރެވޭތީ އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ސަމަރ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަރަންސޭސިވިލާތުގެ 2 ފަތުރުވެރިޔަކު #ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި ޝައްކުކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން އެރަށަށް އަރައި ފައިބާ ހެދުން މިވަނީ ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. 

އެޗްޕީއޭއިން މިގޮތަށް އަންގާފައިވާއިރު ކުރެއްދޫ އައިލެންޑު ރިސޯޓާއި ވ. ތިނަދޫއަށް ވެސް އަރާ ފޭބުން އެޗްޕީއޭއިން ވަނީ މަނާ ކޮށްފައެވެ. ނަމަވެސް އެ ފިޔަވަޅަކީ ވަގުތީ ފިޔަވަޅެއް ކަަމަށް ސަރުކާރުން ބުނެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރަށް ރަށަށް އަރާ ފޭބުން މަޑުޖައްސާލަން އެންގީ އެއީ ވަގުތީ ގޮތުން ކަމަށެވެ. ވިދާޅުވީ އެ ހާލަތު ބަދަލުވެގެން ދާނީ މާދަމާ ލިބޭ ޓެސްޓުތަކުގެ ނަތީޖާތަކަށް ފަހު ކަމަށެވެ. ނަމަވެސް ސަރުކާރުން އެ ދެ ރަށަށް މީހުން އަރާ ފޭބުން ހުއްޓުވާފައި އެވަނީ ވަގުތީ ގޮތުން ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

“މިއީ އަދި ވަގުތީ ޑިސިޝަނެއް. މި ޑިސިޝަނަށް ދެން އަޅުގަނޑުމެން [ސަރުކާރުން] ނަގާނެ ފިޔަވަޅެއް އެނގޭނީ މާދަމާގެ ރިޒަލްޓުތަކަށްފަހު. މި ޕްރިކޯޝަންސް މެޝާސް ސަރުކާރުން ނަގަމުން މިދަނީ ރާއްޖެ ތަރުތީބުވެފައި އޮންނަ ގޮތުން އަޅުގަނޑުމެންނަށް ލިބޭ ފުރުސަތުތައް މިއީ ރާއްޖޭގެ ރަށްތައް ވަކިވަކިން މިހެން އޮންނާތީވެ. މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން އެއްވެސް މުވައްޒަފަކުވެސް އަދި ރައްޔިތަކުވެސް ނުދިއުމަށް. ވަގުތީ ގޮތުން މި ޑިސިޝަން ނަގާފައި މިއޮތީ، ނަތީޖާތައް ލިބުމާއި ހަމައަށްވެސް ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި،” އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ކުރެއްދޫގައި ހުރުމަށްފަހު ރާއްޖެއިން ފުރައިގެން ދިޔަ ފަތުރުވެރިޔާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެންގީ އެ ފަތުރުވެރިޔާ ކަމަށެވެ. އެހިސާބުން ފެށިގެން “ކޮންޓެކް ޓްރޭސިން” އަދި އޭގެ “ކްރެޑިބިލިޓީ” ވެސް ކަށަވަރު ކުރަމުން އަންނަ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން  އިޓަލީގެ ފަތުރުވެރިން ރާއްޖެއަށް އައުން ވަގުތީ ގޮތުން މަނާކޮށްފައެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިރޭ މެންދަމު 12:00 އިން ފެށިގެން އިޓަލީން ރާއްޖެ އަށް މީހުން އައުން މަނާކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.