ކޮވިޑް-19 އާއި ގުޅިގެން ނައިފަރުގެ ޑޮކްޓަރަކު އެކަހެރިކޮށްފި

ނައިފަރު ހޮސްޕިޓަލް

ދުނިޔޭގެ މިހާރު ހަލުވިކަމާއެކު ފެތުރިގެންދާ ކޮވިޑް-19 އާއި ގުޅިގެން ނައިފަރު ހޮސްޕިޓަލްގެ ޑޮކްޓަރު އެކަހެރިކޮށްފި އެވެ.

ނައިފަރު ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ޝާހިދު އަބްދުﷲ "ހަތާވީސް އޮންލައިން" އަށް މިރޭ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ނައިފަރު ހޮސްޕިޓަލުގެ ޑޮކްޓަރަކު ކޮވިޑް-19 ގެ އަލާމާތްތަކެއް ފެންނާތީ އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެ ޑޮކްޓަރަކީ މިފަހުން ފަތުރުވެރިޔަކު ބަލިވެގެން އައުމުން އެ ފަތުރުވެރިޔާ ބެލި ޑޮކްޓަރު ކަމަށެވެ.

މީގެއިތުރުން ނައިފަރު ކައިރީގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓުގައިވެސް މުވައްޒަފުން ސްކްރީން ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ރަށުން މީހުން އަރާ ފޭބުން ވެސް މިހާރު ވަނީ މަނާ ކޮށްފައެވެ.

ތަފްސީލް އަންނަނީ...

Leave a Reply

Your email address will not be published. Required fields are marked *