އެޗްޑީސީގެ “ބޯޅަ ފޯރި” އަށް ކުޑަކުދިންގެ ހަވީރެއް

"ބޯޅަ ފޯރީ" ގެ ކުޑަކުދިން ހަވީރުގެ ޕޯސްޓަރެއް ---

ވޯލްޑްކަޕްގެ ފޯރި ގަދަ ކުރުމަށްޓަކައި ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިޔަށް ގެންދާ “ބޯޅަ ފޯރީ” ގެ ހަރަކާތުގެ ދަށުން މާދަމާ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ މާދަމާގެ ހަވީރު 17:00 އިން 18:00 އަށް ހިޔާ ސަރަހައްދުގައި ކުޑަކުދިންގެ ހަވީރަކާއި އެކު ރޮބޯމޭންގެ ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެޗްޑީސީން ވަނީ އެދިފައެވެ. 

“މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުން ބޭނުންވާކަންކަން ދެނަގަނެ އެކަންކަން އާންމުންނަށް ފޯރުކޮށްދިނުމެވެ. އަދި ވޯލްޑް ކަޕް ނިމެންދެން މިފަދަ ގިނަ ހަރަކާތްތައް އެކި ދުވަސްތަކުގެ މަތިން ކުރިޔަށް ގެންދިޔުމަށްވެސް މި ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ،” އެޗްޑީސީން ބުނެއެވެ.

ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް މެޗުތައް ހުޅުމާލެގައި ދެއްކުމުގެ ގޮތުން “ބޯޅަފޯރި”ގެ ނަމުގައި އެޗްޑީސީން ވަނީ ހުޅުމާލެގެ ދެ ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓާފައެވެ. ހުޅުމާލެ ދެ ސަރަހައްދެއްގައި އެޗްޑީސީން ވަނީ 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނުގައި ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމް ހަމަޖައްސާފައެވެ.

އެގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދުގައި ބޮޑު ސްކްރީނުން މެޗުތައް އެޅުވުން ކޮންމެ ދުވަހަކުވެސް ކުރިޔަށްދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.