އިންޓަޕޯލްގައި މަސައްކަތް ކުރާ ފުރަތަމަ ފުލުސް އޮފިސަރަކަށް ރިލްވާން

އިންޓަޕޯލްގައި މަސައްކަތް ކުރާ ރިލްވާނަށް ސީޕީ ހަމީދު ލިޔުން ހަވާލު ކުރައްވަނީ ---

ދިވެހި ފުލުހުންގެ ތެރެއިން ފުރަތަމަ ފަހަރަށް އިންޓަޕޯލްގައި މަސައްކަތް ކުރާ ދިވެހި ފުލުސް އޮފިސަރުގެ ޝަރަފު ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ރިލްވާން ޝަރީފަށް ލިބިއްޖެއެވެ.

އިންޓަޕޯލްގައި ރާއްޖޭގެ ފުލުސް އޮފިސަރަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނުކަން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިއުލާން ކުރެއްވީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ.

ހަމީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އެ ފުރުސަތު ލިބިފައި ވަނީ ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ރިލްވާނަށް ކަމަށެވެ. އެކަމުގެ ލިޔުން ސީޕީ ވަނީ މިއަދު ރިލްވާނަށް ހަވާލު ކުރައްވާފައެވެ.

އޭނާ އެތަނުގައި ތިން އަހަރު މަސައްކަތް ކުރައްވާނެއެވެ. ރިލްވާން މަސައްކަތް ކުރައްވާނީ ކުރައްވާނީ އިންޓަޕޯލްގެ ހެޑްކުއާޓަރުގައެވެ. އިންޓަޕޯލްގައި ރިލްވާން މަސައްކަތް ކުރުން އަންނަ މަހުގެ އެއްވަނަ ދުވަހު ފެށޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ރިލްވާން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ އިންޓަޕޯލްގެ ކްރައިމް ޔުނީޓުގައެވެ.

އިންޓަޕޯލްގައި މަސައްކަތް ކުރުމަށް ދިވެހި ފުލުހަކަށް ލިބިގެން ދިއުމަކީ، ކުށް ކުރުމާއި ދެކޮޅަށް ފުލުހުން ކުރާ މަސައްކަތަށް ބައިނަލްއަގުވާމީ މައިދާނުގައި ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށް ސީޕީ ހަމީދު މީގެކުރިން ވިދާޅުވިއެވެ.

މީގެ 99 އަހަރުކުރިން އުފެއްދި އެ އޯގަނައިޒޭޝަންގައި 195 ގައުމަކުން ވަނީ ބައިވެރިވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.