ކުރެއްދޫއިން މީހުން އަރާ ފޭބުން މަނާކޮށްފި

ކުރެއްދޫ ރިސޯޓް ---

ކޮވިޑް-19 އާއި ގުޅިގެން ޅ. ކުރެއްދޫ ރިސޯޓުން މީހުން އަރާ ފޭބުން މަނާ ކޮށްފިއެވެ.

ނައިފަރު ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ޝާހިދު އަބްދުﷲ މިރޭ "ހަތާވީސް އޮންލައިން" އަށް ވިދާޅުވީ، އެ ރިސޯޓުން މީހުން އަރާ ފޭބުން މަނާކޮށްފައިވާއިރު އެ ރިސޯޓުގެ މުވައްޒަފުންތައް އަދި ވަކިން ހާއްސަކޮށް ޗިލީގެ ފަތުރުވެރިޔާއާ ކޮންޓެކްޓުވި މުވައްޒަފުން ސްކްރީން ކުރަމުން އަންނަ ކަމަށެވެ.

ނައިފަރު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ކުރެއްދޫ އައިލެންޑް ރިސޯޓްގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން މިވަގުތު ރަށުގައި ތިއްބެވި ފަރާތްތަކާއި މިތަނުން އެއްވެސް ފަރާތަކާއި ކޮންޓެކްޓްވެފައިވާ ފަރާތަކަށް ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިކަން ފާހަގަ ކުރެވިއްޖެނަމަ ޅ. އަތޮޅު ހޮސްޕިޓަލްގެ ނަމްބަރު 6620048 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުން އެދޭ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން، ހޮސްޕިޓަލްގެ ފަރާތުން ވަކި ޖަވާބެއް ލިބުމުގެ ކުރިން އާންމުންގެ ތެރެއަށް ނުނިކުތުމަށްވެސް އިލްތިމާސްކުރާ ކަމަށްވެސް ނައިފަރު ކައުންސިލުން މައުލޫމާތުދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *