ފުޓުބޯޅަ އީޖާދުކޮށް، ކުޅިވަރެއްގެ ގޮތުގައި ކުޅެން ފެށުނު ގޮތް މިއޮތީ

އެންމެ ފުރަތަމަ ފުޓްބޯޅަ މެޗެއް ކުޅެފައިވަނީ 1863 ވަނަ އަހަރު

ދުނިޔޭގައި އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅައެވެ. އެތައް ސަތޭކަ މިލިއަން ބަޔަކު ބަލާ ދުނިޔޭގެ ތައްޓަށް ކުޅެވޭ މުބާރާތް ނުވަތަ ވޯލްޑް ކަޕް އަކީ އެކަމުގެ ހެއްކެވެ. އިންޑޯ އާއި އައުޓްޑޯއާ މަގުތަކުގައި ވެސް ކުޅޭ އެއް ކުޅިވަރެއްގެ ގޮތުގައި ފުޓްބޯޅާ ވަނީ ވެފައެވެ.

ފުޓުބޯޅަ އުފެއްދީ ކާކު ހެއްޔެވެ؟ ކޮންއިރަކު ހެއްޔެވެ؟

ކުޅިވަރެއްގެ ގޮތުގައި ފުޓްބޯޅަ ކުޅެން ފެށުނީ މީގެ 2000 އެއްހާ އަހަރު ކުރިން ކަމަށްވެއެވެ. ޗައިނާ، ގްރީސް އަދި ރޯމްގައި ފުޓްބޯޅަ ކުޅެން ބޭނުންކޮށްފައިވަނީ ގަލުން ނުވަތަ ޖަނަވާރުންގެ ބައިތައް ބޭނުންކޮށްގެން ބޯޅައެއްގެ ސިފައިގައި ހަދާފައިވާ އެއްޗަކުންނެވެ. އޭގެ މާ ކުރިންވެސް ފުޓްބޯޅަ ކުޅެފައިވާ ކަމަށް ތާރިހު ދިރާސާކުރާ ބައެއް ފަރާތްތަކުން އެއްކޮށްފައިވާ މައުލޫމާތުތަކުން ހާމަވެއެވެ. އެކަމަކު މިއަދު މިކުޅެމުންދާ ފުޓްބޯޅައިގެ އަސްލު ފެށުނީ 19 ވަނަ ގަރުނުގައި އިނގިރޭސިވިލާތުންނެވެ.  އިނގިރޭސިވިލާތުގައި ފުޓްބޯޅަ ކުޅެން ފަށައި ކުޅިވަރެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޓްބޯޅަ ފެތުރިގެން ދިޔައެވެ. އެކަމަކު ވަކި ގަވައިދެއް ނެތެވެ. އަދި ވަކި އުސޫލެއް ކަނޑައެޅިފައެއްވެސް އޭރަކު ނެތެވެ.

ގަވާއިދުތައް ކަނޑައެޅުމަށާއި ކުޅިވަރުގެ އެއްބައިވަންތަކަން އާލާ ކުރުމުގެ ގޮތުން 1863 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފުޓްބޯޅައަށް ހާއްސަކޮށްގެން އިދާރާއެއް އިނގިރޭސިވިލާތުގައި އުފެއްދިއެވެ. ފުޓްބޯލް އެސޯސިއޭޝަންގެ ނަމުން ނަން ދީފައިވާ އިދާރާއިން ކުޅޭ ކޮންމެ ޓީމަކުން ވެސް އަމަލުކުރަން ޖެހޭ އުސޫލެއްވެސް ކަނޑައެޅިއެވެ. ދުނިޔޭގެ އެންމެ ފުރަތަމަ ފުޓްބޯޅަ މެޗް ކުޅެފައިވަނީ 1863 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލަންޑަނުގައި، ބާނެސް އެފްސީ އާއި ރިޗްމޮންޑް އެފްސީއާ ދެމެދުއެވެ. އެ މެޗް ނިމުނީ 0-0 ގެ ނަތީއްޖާއިންނެވެ.

އެއަށް ފަހު ދުނިޔޭގެ އެކި ސަރަހައްދުތަކަށް ފުޓްބޯޅަ ފެތުރެން ފަށައި އެތައް ބަޔަކަށް މި ކުޅިވަރު ކަމުދިޔައެވެ. މިއަދު ބޭނުންކުރާ ބޯޅަތަކަކީ އެންމެ ފުރަތަމަ އުފެއްދި ބޯޅަތަކާ ތަފާތު ބޯޅައެކެވެ. އެންމެ ފުރަތަމަ ބޯޅައެއް ހަދާފައިވަނީ ރަބަރު ބޭނުންކޮށްގެންނެވެ. އެ ބޯޅަ އުފައްދާފައިވަނީ 1800 ގެ އަހަރުތަކުގައި އެމެރިކާގެ އިންޖިނިއަރެއް ކަމަށްވާ ޗާލްސް ގުޑްއިޔާއެވެ.

އެންމެ ފުރަތަމަ ބޭނުންކުރި ކަމަށް ބުނެވޭ ފުޓްބޯޅަ

ވޯލްޑްކަޕް ފެށުނީ ކިހިނެއް؟

ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުޅޭ މުބާރާތެކެވެ. މަހެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މުބާރާތުގައި 32 ގައުމު ކުޅެއެވެ. ވޯލްޑްކަޕެއް ނުވަތަ ގިނަ ގައުމުތަކެއް އެއްކޮށްގެން މުބާރާތެއް ބޭއްވުމުގެ ހިޔާލު ހުށަހަޅައި އެ މަސައްކަތް ފެށީ ފީފާގެ ތިން ވަނަ ރައީސް ޖުލެސް ރިމެޓްއެވެ.

ދުނިޔޭގެ ތައްޓަށް ކުޅެވޭ މުބާރާތެއް ބޭއްވުމުގެ ހިޔާލު ދިން ފީފާގެ ތިން ވަނަ ރައީސް ޖުލެސް

އެ މަސައްކަތުގެ ކުލަ އަމަލީ ސިފައެއްގައި ޖެހި 1930 ވަނަ އަހަރު ފުރަތަމަ ވޯލްޑްކަޕް ބޭއްވިއެވެ. ދެކުނު އެމެރިކާގެ އުރުގުއޭގައި އެ އަހަރުގެ ޖުލައި މަހުގެ 13 އިން 30 ގެ ނިޔަލަށް ކުރިއަށް ދިޔަ މުބާރާތުގައި 13 ގައުމެއް ބައިވެރިވިއެވެ. ބައިވެރިވި ގައުމުތަކުގެ އަދަދު މަދުވީ، އޭރު ދެކުނު އެމެރިކާއަށް ދަތުރުކުރުމުގައި ދަތިތަކެއް ހުރުމުންނެވެ.

ޓީމްތައް ބަހާލާފައިވަނީ ހަތަރު ގްރޫޕަކަށެވެ. ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ ޓީމު ސީދާ ސެމީ ފައިނަލަށް ދަތުރުކުރި އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އުރުގުއޭއިންނެވެ. އޭގެ ފަހުން 1942 ވަނަ އަހަރާ 1946 އަހަރު ފިޔަވާ ކޮންމެ ހަތަރު އަހަރުން އެއްފަހަރު ވޯލްޑްކަޕް އަންނަނީ ބާއްވަމުންނެވެ. އެ ދެ ފަހަރު ވޯލްޑްކަޕް ނުބޭއްވުނީ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުންނެވެ.

އުރުގުއޭގައި ބޭއްވި ފުރަތަމަ ވޯލްޑްކަޕްގެ ތެރެއިން

ވޯލްޑް ކަޕް، އެންމެ ފުރަތަމަ ޓީވީން ދައްކަން ފެށީ 1954 ވަނަ އަހަރުއެވެ.

އެންމެ ފުރަތަމަ ޓީވީއަކުން ދެއްކި ވޯލްޑްކަޕްގެ ފުރަތަމަ މެޗް

މިހާތަނަށް 21 މުބާރާތެއް ބާއްވާފައިވާއިރު ޖުމްލަ 79 ގައުމުކުން ވަނީ މުބާރާތުގައި ވާދަކޮށްފައެވެ. އެންމެ ގިނައިން ތަށި ހޯދީ ބްރެޒިލެވެ. އެ ގައުމުން ވަނީ މިހާތަނަށް ފަސް ވޯލްޑް ކަޕް ހޯދާފައެވެ.

ބްރެޒިލުން ވަނީ ފަސް ފަހަރު ވޯލްޑްކަޕްގެ ތަށި ހޯދާފައި

ޖަރުމަންއާ އިޓަލީން ވަނީ ހަތަރު ފަހަރެއްގެ މަތިން ވޯލްޑްކަޕްގެ ތަށި ހާސިލްކޮށްފައެވެ. ފްރާންސް އަދި އުރުގުއޭއަށް ވޯލްޑްކަޕް ލިބުނީ ދެ ފަހަރެވެ. އިންގްލޭންޑް އަދި ސްޕެއިނަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވެނީ އެންމެ ފަހަރަކުއެވެ.

ބްރެޒިލްގައި ފުޓްބޯޅަ އެހާ މަޝްހޫރީ ކީއްވެ؟

“ބްރެޒިލް” އޭ ބުނުމުން އެންމެންވެސް ހިތަށް އަރާނީ ހަމަ އެއް ބަހެކެވެ. ފުޓްބޯޅައެވެ. ފުޓްބޯޅައިގެ ވާހަކަ ދައްކަނިއްޔާ ބްރެޒިލްގެ ވާހަކަ ނުދައްކާ ނިންމާއެއް ނުލެވެއެވެ. ހާއްސަކޮށް ބްރެޒިލްގެ ގައުމީ ޓީމުގެ ވާހަކައެވެ. ޕެލޭ، ރޮނަލްޑޯ، ރޮބާޓޯ ކާލޯސް، ރޮނަލްޑް، ކަކާ އަދި ނޭމާގެ މޮޅު ވާހަކައެވެ. އެކަމަކު އެއްވެސް ބަޔަކު ނުދައްކާ ވާހަކައެއް އެބައޮތެވެ. މިހާ ވަރަށް ބްރެޒިލްގައި ފުޓްބޯޅަ މަޝްހޫރުވެގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟

ބްރެޒިލްގެ ކުދިންތަކެއް ފުޓްބޯޅަ ކުޅެނީ

ބްރެޒިލްއަށް ފުޓްބޯޅަ ތައާރަފްކުރި ކަމަށް ބުނެވެނީ ސްކޮޓްލޭންޑުން ރިއޯޑީ ޖަނެއިރޯއަށް މަސައްކަތްކުރަން ދިޔަ ތޯމަސް ޑޮނޮހޯ ކިޔާ މީހެކެވެ. ޑޮނޮހޯ ފެކްޓްރީގައި މަސައްކަތް ކުރަމުގެ ތެރެއިން އެތަނުގައި މަސައްކަތްކުރާ އިނގިރޭސިންތަކާކާއި ދިމާވެ އެ މީހުންނާއެކު ފުޓްބޯޅަ ކުޅެން ފެށިއެވެ. އަދި ކުޅިވަރުގެ ތެރެއަށް ބްރެޒިލް މީހުންވެސް ގެނެސް އެ މީހުންނާއެކުވެސް ފުޓްބޯޅަ ކުޅެން ފަށައި ބަންގު އެފްސީގެ ނަމުގައި ފުޓްބޯޅަ ކްލަބެއް އުފެދުނެވެ. އެ ފުޓްބޯޅަ ކްލަބުވެގެން ދިޔައީ ފުޓްބޯޅަ ކުޅެން ބޭނުންވާ އެންމެންނަށްވެސް ފުރުސަތު ހުޅުވާލެވުނު ކްލަބަށެވެ. އަދި ފުރަތަމަ ފަހަރަށް ކަޅު ނަސްލުގެ މީހަކަށް ފުރުސަތު ދިން ކްލަބަކީވެސް އެ ކްލަބެވެ. އެ ދުވަސް ވަރަކީ އެ ގައުމުގެ ނަސްލީ ތަފާތުކުރުން ބޮޑު ދުވަސްވަރެކެވެ.

ނަމަވެސް ބައެއް މަސްދަރުތައް ބުނާ ގޮތުގައި ބްރެޒިލްއަށް ފުޓްބޯޅަ ތައަރަފްކޮށް މަޝްހޫރުކޮށް ދިން މީހަކީ ޗާލްސް މިލާއެވެ. އިނގިރޭސިވިލާތުގައި ކިޔެވުމަށް ފަހު މިލާ ބްރެޒިލްއަށް އެނބުރި ދިޔައީ ދެ ބޯޅާ އާއި ފުޓްބޯޅައިގެ އުސޫލުތައް ހިމެނޭ ފޮތެއް ހިފައިގެންނެވެ. އެންމެ ފުރަތަމަ އަވަށްޓެރި އެއްކޮށްގެން ފުޓްބޯޅަ ކުޅެން މުލާ ފެށިއެވެ. އެއަށް ފަހު އެކި ސަރަހައްދުތަކުގައި މީހުންނަށް ކުޅިވަރު ކަމުދިޔައެވެ. އަދި މުޅި ބްރެޒިލްގައި އެންމެން ކުޅޭ ކުޅިވަރެއްގެ ގޮތުގައި ފުޓްބޯޅަ ވެގެންދިޔައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ފުަޓުބޯޅައިގެ އަސްލްކީ ކަރުބަލާގައި ހުސައިންގެ ފާނު ޝަހީދު ކޮށްގެން ރަސްގެފާނު ކައިރިއަށް އިސްތަށިފުޅު ފައިން ތަޅަމުން ގެންދިޔަ ގެންދިއުން ކަމަށް ބުނޭ

    1. ވޯލްޑް ކަޕް ނެގިޔަސް ވޯލްޑް ކަޕް ވެއްޓުނަސް . މެސީ އަކީ 2014 ވަނަ އަހަރު އިޒްރޭލަށް 1 މިލިޔަން ޑޮލަރު ދީފަ ފަލަސްޠީނު ރައްޔިތުން މެރުމަށް އެޒްރޭލް ގާތުން އެދދުނު ކާފަރު ޔަހޫދީއެއް. އޭނާ ނިކަމެތި ކުރައްވައިތޯ މުސްލިމުން ދުޢާކުރާނެ.

  2. އެއްވެސް ވަރަކަށް ފުޓްބޯޅަ ދަންނަ މީހެއް ނޫން މިއާޓިކަލް ލިޔުނީ. ތަންކޮޅެއް ރިސާޗް ކޮެއްލަން ފެނޭ

  3. ފުޓުބޯޅަ ޔަކީ ޖެހީމަ ދުވާ އެއްޗެއް ނުޖަހާ ފިއްޔާ އޮންނަ އެއް ޗެއް މެސީ ހަމަ ބޯޅަ ފަހަތުން ދުވުނު ގޯލާ ވީ ކޮޅައް ކިތަންމެ ފަހަރަކު ބޯޅަ ވެސް ފޮނުވާލި މެސީ އައް ވަރައް ގިނަ ފުރުސަތުތައް ލިބުން މެސީ މިފަހަރު ހަމަ ދައްވީ މެސީގެ ކުރިއެރުން އިރާދާގަ ނެތީމަ…….

ހިޔާލު ދެއްވާ!

Your email address will not be published.