ސިޓީ ޕޮސިބަލްގެ މެމްބަރަކަށްވުމަށް މާސްޓާކާޑާއެކު އެޗްޑީސީން އެއްބަސްވެއްޖެ

ސްމާޓު ކާޑާއެކު އެޗްޑީސީން ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ / އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޕޭމަންޓް އިންޑަސްޓްރީގެ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ މާސްޓަކާޑާއި އެކު މެމަރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނީ އެ އެމްއޯޔޫގެ ސަބަބުން މާސްޓަކާޑުގެ ސިޓީ ޕޮސިބަލް ނެޓުވޯކުގެ މެމްބަޝިޕް އެޗްޑީސީ އަށް ލިބޭނެ ކަމަށެވެ. ސިޓީ ޕޮސިބަލްއަކީ ދުނިޔޭގެ އެކި ސިޓީތަކާއި، ވިޔަފާރިތަކާއި، ތަޢުލީމީ ދާއިރާ އަދި ކޮމިއުނިޓީތައް އެކުވެގެން ދެމެހެއްޓެނިވި އަދި އުފެއްދުންތެރި އުމްރާނީ ތަރައްގީ ގެނައުމަށް އެކުލަވާލެވިފައިވާ ވިއުގައެއް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މީގެ ތިން އަހަރު ކުރިން އުފެދިގެންއައި އެ ނެޓުވޯކުގައި މިހާރު 50 ގައުމުގެ މައްޗަށް އެކުލެވޭހެން 300 އަށް ވުރެ ގިނަ ސިޓީއާއި 600 އަށްވުރެން ގިނަ ކޮމިއުނިޓީތައް ހިމެނޭ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. އަދި ސިޓީތަކަށް ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިގުތިސާދީ ތަރަށްގީ ފުރިހަމަ ގޮތުގައި ގެނައުމަށް އެ ނެޓްވޯކުގައި ހިމެނޭ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

އެޗްޑީސީން ބުނީ އެ ނެޓުވޯކުގެ މެމްބަރަކަށް ވުމުން، އެޗްޑީސީން ކުރިއަށްގެންދާ ސްމާޓް ސިޓީ މަޝްރޫއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެހެން ސިޓީތަކުގައި ބޭނުން ކުރެވެމުން އަންނަ ތަފާތު ސްމާޓް ސޮލިއުޝަންތަކާއި ބެހޭ ތަޖުރިބާކާރު މައުލޫމާތާއި އެފަދަ ސޮލިއުޝަންތައް ދިވެހިރާއްޖޭގައި، އަދި ހުޅުމާލެ ފަދަ ސިޓީއެއްގައި އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ގޮތްތައް އެނގިގެން ދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

މީގެއިތުރުން ހުޅުމާލެ ތަރައްގީ ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ދެނެގަނެވި، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް މަގުފައި ވެގެން ދާނެ ކަމަށާއި އަދިޗހުރިހާ ގޮތަކުންސްވެސް ރައްޔިތުންނަށް ލުއި ފަސޭހަ  ސްމާޓް ސިޓީ އަކަށް ހުޅުމާލެ ހެދުމަށްޓަކައި އެޗްޑީސީން އެކޯޕަރޭޝަންގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން އޯޕަން އެކްސެސް ނެޓުވޯކަކާއިއެކު ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ހުޅުމާލޭގައި ގާއިމުކޮށް ތަފާތު ޑިޖިޓަލް ސޮލިއުޝަންތައް ތައާރަފު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.