ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާއަށް ހާއްސަ ޑިޕާޓުމަންޓެއް ހުޅުވާ ހިދުމަތް ދޭން ފަށައިފިި

ހެލްތު މިނިސްޓަރު އަމީން ފުނަދޫ ދަތުގެ ހިދުމަތް ދޭ ޑިޕާޓުމަންޓު ހުޅުވައިދެއްވުން: ފޮޓޯ / ހެލްތު މިނިސްޓްރީ

ށ. ފުނަދޫގައި ހުންނަ އެ އަތޮޅުގެ އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދޭން ފަށައިފިއެވެ.

އެ ހޮސްޕިޓަލުގައި އަލަށް ގާއިމުކޮށްފައިވާ ޑެންޓަލް ޑިޕާޓްމަންޓް ހުޅުއްވައިދެއްވI އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

ހެލްތު މިނިސްޓްރީން ބުނީ ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ފެށިގެން ދިއުމާއެކު، އެ ހިދުމަތް ހޯދުމަށް ފުނަދޫ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނާއި ރިސޯޓުތަކުގެ މުވައްޒަފުން ދަތުގެ ފަރުވާ ހޯދަން މާލެއަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އަންނާނެ ކަމަށެވެ.

އަދި ދަތާއި އަނގައިގެ ބަލިތަކަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބަލިތަކަކަށް ވާއިރު ށ. އަތޮޅު ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ހިދުމަތަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ވަރަށް މުހިންމު ހިދުމަތެއްކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ށ. އަތޮޅުގައި 14،500 އެއްހާ މީހުން ދިރިއުޅޭ އިރު ފުނަދޫގައި ގާތްގަނޑަކަށް 2،632 މީހުންގެ އާބާދީއެއް އޮވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.