ބޭނުންވަނީ ކައުންސިލްތަކުގެ ހިންގުން އެމްޑީޕީއަށް ލިބުން: ރައީސް

ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ރައީސް ސޯލިހު ސަލާމް ކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގެ ވެރިކަން ކުރަމުން ދަނީ ގިނަ ޕާޓީތަކެއް އެކުލެވޭ ކޯލިޝަނެއްގެ ތެރެއިން ކަމަށްވީ ނަމަވެސް ބޭނުންފުޅު ވަނީ ކައުންސިލްތަކުގެ ހިންގުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ލިބިގެން ދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅުގެ އެމްޑީޕީގެ ކެންޑިޑޭޓުން މާލޭގެ ދަރުބާރުގޭގައި ކުރިއަށް ގެންދާ ކެމްޕޭން ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަންގެ ތެރެއިން ކަމަށްވީ ނަމަވެސް ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރަން ބޭނުންވަނީ އެމްޑީޕީއަށް ކައުންސިލްތަކުގެ މެޖޯރިޓީގެ ތެރެއިން ކަމަށެވެ.

މި ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރަން ބޭނުން ކަމަށް ވަންޏާ އެމްޑީޕީއަށް އެބަ ޖެހޭ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދައި ދޭން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވަކިން ނިކުމެ މަސައްކަތް ކުރުމަކީ އެކަމުގެ ސަބަބުން ކޯލިޝަނަށް އަސަރު ކުރާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މީގެކުރިން ކޯލިޝަން ހަދައިގެން ރައްޔިތުންނަށް ލިބިގެންދިޔަ ނިކަމެތިކަމާއި ގައުމަށް ލިބިގެންދިޔަ ގެއްލުންތައް ރައީސް ވަނީ ހިއްސާ ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން މިފަހަރު ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަށްފަހު ފަހަރަކު ކަމެއް ރަނގަޅު ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ޝަރުއީ ދާއިރާއަށް ގެނެވުނު ހެޔޮ ބަދަލާއި އެ ބަދަލުގެ ސަބަބުން ހެޔޮ ނަތީޖާތައް ވެސް ނެރެވިފައިވާ ކަމަށެވެ.

މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެސް އެމްޑީޕީންނެވެ. އެއީ 876 ކެންޑިޑޭޓުންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަހަރުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 2،435 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *