ޝަވަންގެ މި ހިތްވަރަށް އެތައް ބައެއްގެ ތައުރީފު “ބަންޑުން” ވެއްޖެ

އެއް ފައި ނެތަސް، ފުޓްބޯޅަ ކުޅުމަށް ކުރި މަސައްކަތާ ގުޅިގެން ޝަވަން އަށް ދަނީ ތައުރީފު އޮހެމުން

ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ވީޑިއޯއެކެވެ. އެ ވީޑިއޯ އިން ފެންނަނީ ކުޑަ ކުއްޖެއްގެ ހިތްވަރެވެ. ފުޓުބޯޅަ މުބާރާތެއްގައި އޭނާ ދައްކުވައި ދެމުން ދިޔަ ހިތްވަރުން ގިނަ ބަޔަކު އޭނާގެ އެ ހިތްވަރަށް ދަނީ ތައުރީފު ކުރަމުންނެވެ. މީހުންގެ ތައުރީފު އޮހެމުން ދިޔައީ އެކުއްޖާ ފުޓުބޯޅަ ކުޅުމުގައި ދައްކަމުން އަންނަ ހުނަރަކަށް ނޫނެވެ. ނަމަވެސް ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށްވެ. އެއް ފައި ނެތް ކުއްޖަކު ފުޓްބޯޅަ ކުޅުމުގައި ދައްކަމުން ގެންދާ ހިތްވަރުންނެވެ.

ހދ. މަކުނުދޫ އަށް އުފަން އަހުމަދު ޝަވަންއަކީ އުފެދުމުގައި ވެސް އެއްފައި މަދު ކުއްޖެކެވެ. ނަމަވެސް ޝާވަން ވަނީ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ވީތީ އެއްވެސް ކަމަކީ ނުކުރެވޭނެ ކަމެއް ނޫންކަން ސާބިތު ކޮށްދީފައެވެ. އެރަށު ސްކޫލުން އިންތިޒާމު ކުރި ފުޓުބޯޅަ މުބާރާތުގައި ޝާވަން ވަނީ ބައިވެރިވެފައެވެ. މަކުނުދޫ ޓާފްދަނޑުގައި އިއްޔެ ކުޅުނު މެޗުގައި އޭނާ ވަނީ އެފަދަ އެހެން ކުދިންނަށް ނަމޫނާ ދައްކުވައި ދީފައެވެ. ގިނަ ބައެއްގެ ސަމާލުކަން އެންމެ ފުރަތަމަ ހުއްޓުނީ ޝަވަންގެ މަންމަ، އައިޝަތު ވިޝާހު އޭނާގެ ނުކުޅެދޭ ދަރިފުޅު ފުޓްބޯޅަ ކުޅޭ މަންޒަރު ފެންނަ ފޮޓޯއެއް ފޭސްބުކްއަށް ދޫކޮށްލުމުންނެވެ.

“ދަރިފުޅު ދެކެ ވަރަށް ފަހުރުވެރިވޭ. ތިޔައީ އަހަރެންގެ ސުޕަރ ހީރޯ. ބޭނުންވާ ލަނޑުދަނޑިއަށް ވާސިލުވުމަށް މަސައްކަތް ކުރޭ،” ވިޝާހު ފޭސްބުކްގައި ލިޔެފައިވެއެވެ.

ހަތް އަހަރުގެ ޝަވަން ފުޓުބޯޅަ ކުޅޭ ވީޑިއޯ ފޭސްބުކްގައި ހިއްސާކުރި އެހެން މީހަކު ބުނީ އެއްވެސް ކަމަކީ ވަރަށް އުނދަގޫ އަދި ބުރަ ކަމެއް ކަމަށް ބުނުމަކީ ބަހަނާއެއް ނޫން ކަމަށެވެ. ކޮންމެ ކަމަކީ ވެސް ހިތްވަރާ އެކު ގަދައަޅާ މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ވާނެ ކަމެއް ކަމަށްވެސް ބުންޏެވެ. އޭނާ އިތުރަށް ބުނީ ޝަވަންގެ އެ ހިތްވަރާއި ކެރުން ފެނިފައި ވަރަށް އުފާވާ ކަމަށެވެ.

ޝަވަން އެ ދާއިރާ އަކަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ރާއީ ވެސް ވަނީ ޝަވަންގެ ހިތްވަރަށް ތައުރީފު ކުރައްވާފައެވެ.

އެގޮތުން ރާއީ ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވީ އުއްމީދަކީ ޝަވަން އަށް އާޓިފިޝިއަލް ފައެއް ޖެހޭނެ ގޮތް ވީހާވެސް އަވަހަކަށް ވެގެން ދިއުން ކަމަށެވެ.

“ޝަވަންގެ އުއްމީދުތަށް މި ސަރުކާރުން އަދި އަދުގެ އޯގާތެރި ރައީސް، އިބްރާހީމް މުހައްމަދު ސޯލިހް ފަނޑުވެގެން ދިޔަ ނުދޭނެ،” ރައީސް ސޯލިހުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އަދި ހެލްތު މިނިސްޓަރު އަހްމަދު ނަސީމްގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ޓެގު ކުރައްވާ ރާއީ ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ޝަވަން އަކީ ކުޅެދޭ ކުއްޖަކަށް ނުވި ނަމަވެސް އޭނާ ވަނީ އޭނާގެ ހިތްވަރުން ކުޅެދޭ މީހުންނަށް ވެސް ވަނީ މެސެޖެއް ދީފައެވެ. ކޮންމެ ކަމަކީ ވެސް މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ ކަމެއްކަން އޭނާ ވަނީ ސާބިތު ކޮށްދީފައެވެ. ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ވުމަކީ މުޖުތަމައު އިން އެފަދަ ކުދިން ބާކީ ކޮށްލަން ޖެހޭ ސަބަބެއް ނޫންކަން ވެސް ޝަވަން މިވަނީ ސާބިތު ކޮށްދީފައެވެ. އެފަދަ ކުދިންގެ ވެސް އުއްމީދުތަކެއް އޮވެއެވެ. ހުވަފެންތަކެއް ހުރެއެވެ. އެކަންކަން ހާސިލު ކުރުމަށް އެކުދިންނަށް ލިބިގެން ދާނެ ހިތްވަރަކީ މުޖުތަމައު އިން އެކުދިން ބަލައިގަތުމެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަޅުގަނޑުމެން މި ދިވެހި ޤައުމުގެ ސްޕަރ ހީރޯ އަށްވެ ނިމިއްޖެ.
    ސާބަހޭ ޝަވަން… 1���

ހިޔާލު ދެއްވާ!

Your email address will not be published.