ޖެންޑާ މިނިސްޓްރީގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަޤާމަށް، ގއ. ކޮލަމާފުށި، އޯކިޑްވިލާ، ޢަބްދުއްޝުކޫރު ޢަބްދުލްޙަކީމް އައްޔަންކޮށްފި/ ފޮޓޯ- ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ޖެންދާ މިނިސްޓްރީގެ ނައިބުގެ މަގާމަށް، ޢަބްދުއްޝުކޫރު ޢަބްދުލްޙަކީމް މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

މި މަޤާމަށް ޢައްޔަނު ކުރެއްވުމުގެ ކުރީން ޢަބްދުއްޝުކޫރު ޢަބްދުލްޙަކީމް ހުންނެވީ ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަވާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުގައެވެ.

ޢަބްދުއްޝުކޫރު ޢަބްދުލްޙަކީމަކީ ސްރީލަންކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް ސައިންސް އިން އެޑިއުކޭޝަން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސެޓިފިކެޓް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ޢަބުދުއްޝުކޫރު ޢަބްދުލްޙަކީމް ވަނީ 26 އަހަރުގެ ދިގު މުއްދަތަކަށް ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *