ނަޝީދު މަޑަވެއްޔަށް ވަޑައިގަތުމުން މުޒާހަރާކޮށްފި

އެމްޑީޕީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ- އެމްޑީޕީ ޓުވީޓާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންތަކެއް، ގދ. މަޑެވެއްޔަށް މިއަދު ހަވީރު ވަޑައިގެންނެވުމުން އެ ރަށުގެ ބަޔަކު މުޒާހަރާކޮށްފިއެވެ.

މުޒާހަރާކޮށްފައިވަނީ، ރައީސް ނަޝީދާއި އެމްޑިޕީގެ މެންބަރުންތައް މިއަދު ހަވީރު އެ ރަށުގައި ޖަލްސާ ބާއްވަމުންދަނިކޮށެވެ. އެ ރަށުގައި ތިބި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ އާންމުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް މަގުތަކުގައި އަޑު އުފުލާފައެވެ.

މުޒާހަރާކުރި ފަރާތްތަކުން ވަނީ ރައީސް ނަޝީދާއި މި ސަރުކާރުގެ އިސްތިއުފާ އަށް ގޮވާލައި، މަޑަވެއްޔަށް ތަރައްގީ ގެނެސްދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ބުނެ އަޑުއުފުލާފައެވެ. އަދި ޔާމީން މިނިވަން ކުރުމަށް ވެސް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

އިދިކޮޅުން މުޒާހަރާ ކުރަމުންދިޔައިރު ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. ރައީސް ނަޝީދާއެކު އެމްޑީޕީގެ އިސް ބޭފުޅުން ގދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާގެ ނިޔަލަށް އެ އަތޮޅުގެ އެކި ރަށްތަކުގައި ޖަލްސާތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.