ކެމްޕެއިނަށް އިދިކޮޅު ޕީޕީއެމްވެސް އަތޮޅުތަކަށް!

ކައުންސިލް އިންތިހާބަށް ދަތުރުކުރާ ޕީޕީއެމްގެ ލީޑާޝިޕުގެ ބޭފުޅުން --

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން އެޕާޓީގެ ލީޑާޝިޕު ބޭފުޅުންވެސް އަތޮޅުތަކަށް ވަޑައިގެންފިއެވެ.

އެގޮތުން ޕީޕީއެމްގެ ލީޑާޝިޕުން ވަނީ ރ. އަތޮޅާއި ޅ.އަތޮޅާއި، ނ.އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރާއި، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދުގެ އިތުރުން ކޯލިޝަނުގެ އިސްފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ އެ އަތޮޅުތަކުގައި ތިބި ޕާޓީގެ ސަޕޯޓަރުންނާއި ބައްދަލުކޮށް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށާއި ޕީޕީއެމްގެ "މަގޭ ރާއްޖެ" ގެ ދަށުން ކަނޑައެޅިފައިވާ ސިޔާސަތުތައް ރައްޔިތުންނާ ހިއްސާކުރުމަށް ކުރާ ދަތުރުތަކެއް ކަމަށްވެސް ޕީޕީއެމުން ބުނެއެވެ.

ކައުންސިލް އިންތިހާބުގައި ޕީޕީއެމުން 679 ގޮނޑި އަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *