ކޮވިޑް-19 އަށް ޝައްކު ކުރެވޭތީ ދިވެއްސަކު ކަރަންޓީން ކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ދިވެއްސަކު ޝައްކު ކުރެވޭތީ ކަރަންޓީން ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިއަދު އިޓަލީ އިން ރާއްޖެ އަށް ދަތުރުކުރި ދިވެއްސެއް ކޮވިޑް19 އަށް މޮނިޓާ ކުރުމަށް އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އިޓަލީއަކީ ކޮވިޑް-19 ހަލުވިކަމާއި އެކުގައި ފެތެރެމުން އަންނަ ގައުމެކެވެ. އެގޮތުން އެގައުމުން ކޮވިޑް19 ޖެހިގެން 107 މީހަކު ވަނީ މަރުވެފައެވެ.

ރެއާ ހަމައަށް ހެލްތު މިނިސްޓްރީން ބުނަމުން ދިޔައީ ރާއްޖެއިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އެއްވެސް މީހަކު ފެނިފައި ނުވާ ކަމަށެވެ. ސޯޝަލް މީޑިއާގައި އެބަލި ޖެހިފައިވާ މީހުން ރާއްޖޭގައި އެބަތިބި ކަމަށް ބުނެ ހަބަރުތައް ފަތުރަމުން ދިޔަ ނަމަވެސް އެކަން އެޗްޕީއޭ އިން ވެސް އަދި ހެލްތު މިނިސްޓްރީންވެސް ދިޔައީ ދޮގު ކުރަމުންނެވެ.

ރާއްޖެއިން މީހަކު ކޮވިޑް-19 އަށް ޝައްކުބ ކުރެވޭތީ ކަރަންޓީން ކޮށްފައިވާއިރު އެމީހާ ރާއްޖެ އައީ ކޮން ތާރީހެއްގައި ކަމެއް ހާމައެއް ނުކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *