ޑީއީޑީގެ މަސައްކަތްތަކަށް ޒަމާނީ އާލާތްތަކެއް!

މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ހިންގުމަށް ފުލުހުން ހޯދި ބައެއް ސާމާނުތައް: ފޮޓޯ / ޕޮލިސް

ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓަށް ޒަމާނީ އާލާތްތަކެއް ގެނެސް އެ ޑިޕާޓުމަންޓުގެ މަސައްކަތަށް އިތުރު ލުއިތަކެއް ގެނެސްފިއެވެ.

މިއަދު ޑީއީޑީ އޮޕަރޭޝަނަށް އިތުރުކުރި އާލާތްތަކުގެ ތެރޭގައި ތަޅާއި، ދަގަނޑު، ޗޭނު އަދި ދަގަނޑު ތޮރުފަން ބޭނުންކުރާ "ސްޓްރޯންގްއާމް" ހިމެނެއެވެ. މިތަކެތީގެ ސަބަބުން ފުލުހުން ކުރިޔަށް ގެންދާ މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކުގެ ވަގުތު ސަލާމަތް ކޮށްދޭނެއެވެ. މި އާލާތްތަކުގެ ތެރޭގައި "ބްރީޗިން ކިޓް" ވެސް މިއަދު ވަނީ ޑީއީޑީގެ އޮޕަރޭޝަނަށް އިތުރުކޮށްފައެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ އޮޕަރޭޝަންތަކަށް ޒަމާނީ އާލާތްތަކެއް އިތުރުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ޑްރަގު އޮޕަރޭޝަންތަކަށް ލިބިގެންދާ އެންމެ ބޮޑު ބުރަޔަކީ ދަގަނޑު ގޭޓުތައް ލައިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް އުޅުމެވެ. އެކަމުގެ ސަބަބުން އެ ދޮރުތައް ވައްޓާލުމަށް އެތައް އިރެއް ފުލުހުން ހޭދަ ކުރަންޖެހެއެވެ. އަދި ފުލުހުން އެ މަސައްކަތުގައި ތިބޭއިރު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެ މީހުންގެ ތަކެތި ނައްތާލުމަށް ވަގުތު ލިބެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.