މުލީ ހޮސްޕިޓަލު އޮޕަރޭޝަން ތިއާޓަރުގައި ދެ ޑޮކްޓަރުން މާރާމާރީ ހިންގައިފި

ރާމާރީގައި އަނިޔާވި އެއް ޑޮކްޓަރު-- ފޮޓޯ: އެމްވީކްރައިސިސް

މ. މުލި އޮޕަރޭޝަން ތިއޭޓަރުގައި ބަލިމީހަކު ވައްދާފައި ވަނިކޮށް ދެ ޑޮކްޓަރަކު މާރާމާރީ ހިންގައިފިއެވެ.

މާރާމާރީ ހިންގާފައި ވަނީ އިންޑިއާ ޑޮކްޓަރަކާއި ނޭޕާލު ޑޮކްޓަރެކެވެ. މި ހާދިސާގައި ދެ މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

ފުލުހުން ބުނީ އެފަދަ މައްސަލައެއް މިއަދު ހެނދުނު 9:45 އެހާކަށްހާއިރު ހުށަހަޅާފައިވާ ކަމަށެވެ. މާރާމާރީ ހިންގާފައިވަނީ އޮޕަރޭޝަން ތިއޭޓަރަށް ބަލިމީހަކު ވައްދާފައި އޮއްވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުންދާ ކަަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.