ރާއްޖެއަށް ދަތުރުކުރި މީހަކު ޗިލީން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-

ރާއްޖެވެސް ހިމެނޭ ގޮތަށް އޭޝިއާގެ ގިނަ ގައުމުތަކަކަށް ދަތުރުކޮށް އެނބުރި ޗިލީއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ވެފައިވާ ކަމަށް ބޭރުގެ ނޫސްތަކުގައި ބުނެފިއެވެ.

ޗިލީގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތާ ހަވާލާދީ، ޗައިނާގެ ޝިންހުއާ ނޫސްއެޖެންސީ އިން ބުނެފައި ވަނީ އެއީ ޗިލީގައި ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ކަމަށެވެ. 33 އަހަރުގެ އެ ފިރިހެން މީހާއަކީ ޗިލީގެ ޓަލްކާ ސިޓީގައި ހުރި މީހެއް ކަމަށާއި އޭނާ ޗިލީއަށް ގޮސްފައި ވަނީ އޭޝިއާގެ ބައެއް ގައުމުތަކަށް ދަތުރު ކުރުމަށް ފަހު ޔޫރަޕް މަގުން ކަމަށް ވެސް ޗިލީގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވެއެވެ.

އެމީހާ ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި ސިންގަޕޫރާއި މެލޭޝިއާ އިންޑޮނޭޝިއާ، ރާއްޖެ އަދި ސްޕެއިނަށް ދަތުރުކޮށްފައެވެ. އެމީހާ ޗިލީއަށް ދިޔައީ މިދިޔަ މަހުގެ 25ގައެވެ. އަދި ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފެށީ މިމަހުގެ އެކެއްގައެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ހެލްތު މިނިސްޓްރީން އަންނަނީ ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.