ނަޝީދު ވިދާޅުވަނީ ކޮރޯނާ ރާއްޖެ އަންނާނެ ކަމަށް!

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލިސް ޖަލްސާއެއްގައި -- ފޮޓޯ / މަޖިލިސް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އަންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، ކޮރޯނާ ވައިރަސްއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ކުއްލި މައްސަލައާއި ގުޅިގެން ނެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަކީ، ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެ ކާޑަށް ޖެހިދާނެތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ހުށަހެޅި މައްސަލައެވެ.

އެމައްސަލައިގެ ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަކީ ދުނިޔެއިން ބޭރުގައި އޮންނަ ގައުމެއް ނޫން ކަމަށާއި ދުނިޔެއަށް ފެތުރިފައިވާ ބަޔެއްނަމަ، އެ ބައްޔެއް ރާއްޖެ އަންނާނެ ކަމަށެވެ. އަދި އެކަމާ ބިރުން ކާބޯތަކެތި އެއްކުރަން އުޅުމަކީ، ޒިންމާދާރު ކަމެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ބާވަތުގެ ރޯގާތައަށް ރާއްޖޭގެ ސިއްހީ ނިޒާމަކީ ފަރިތަވެފައިވާ ސިއްހީ ނިޒާމެއް ކަމަށާއި، އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުން އެބަލިން ސަލާމަތްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޗައިނާގެ ވޫހާން ސިޓީން ފެނި ދުނިޔޭގެ އެތަށް ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރިގެންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ބައްޔަށް ޝައްކުވެގެން ބައެއް ފަރާތްތަކުން ޓެސްޓްތައް ހެދި ނަމަވެސް، އެންމެން ވަނީ ނެގެޓިވް ވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *