ރާއްޖެއިން އެއްވެސް މީހަކު ކޮވިޑް-19 އަކަށް އަދި ޕޮޒިޓިވް އެއް ނުވޭ!

މީހަކު މާސްކު އަޅައިގެން: ފޮޓޯ / މިހާރު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އަށް އެއްވެސް މީހަކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އަންނަނީ ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިފައިވާ ކަމަށްބުނެ އަޑުތަކެއް ފަތުރަމުންނެވެ.

އެކަމާއި ގުޅިގެން އެޗްޕީއޭއިން ބުނީ ހަގީގަތް އޮޅޭ ގޮތަށް ހަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. ކޮވިޑް-19 އާ ގުޅިގެން އެއްވެސް މައުލޫމާތެއް ހޯދަން ބޭނުންވެއްޖެ ނަމަ އެޗްޕީއޭ ފޮލޯ ކުރުމަށްވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކު ވަނީ ޓެސްޓު ކޮށްފައެވެ. ނަމަވެސް އެމީހާ އެ ބައްޔަށް ނެގެޓިވް ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. އެމީހާއަކީ ނިއުމޯނިއާއަށް އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ 10 ކިޓެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. އެ 10 ކިޓުން 1،000 މީހުންގެ ޓެސްޓު ހެދޭނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ކޮވިޑް-19 މިހާތަނަށް 90،255 މީހަކަށް ވަނީ ޖެހިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.